މުނިފޫހިފިލުވުން

މިދިޔަ އަހަރު ވަކިވި 13 ފަންނާނެއްގެ ހާދާންތައް އާކުރަނީ


އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް (އައިއެފްއެފްއައި) އަށް އާ ބައެއް ތައާރަފުކޮށް މިދިޔަ އަހަރު ވަކިވެދިޔަ ފަންނާނުންނަށް ހާއްސަ ޓްރިބިއުޓެއް ދޭން ނިންމައިފިއެވެ. އަލަށް ތައާރަފުކުރި މި ބައި ތައާރަފުކޮށްފައި މިވަނީ މި ފެސްޓިވަލްގެ ރަންޔޫބީލާއި ދިމާކޮށެވެ.

މި ފެސްޓިވަލް ކުރިޔަށްދާނީ މިމަހުގެ 20 ވަނަދުވަހުން ފެށިގެން 28ގެ ނިޔަލަށެވެ. މިދިޔަ އަހަރު ދުނިޔެއާއި ވަކިވެގެންދިޔަ ފިލްމީ ފަންނާނުގެ ހަދާންތައް އާއްކުރުމުގެ ގޮތުން އެ ފަންނާނުގެ ފިލްމުތައް މި ފެސްޓިވަލްގައި ދައްކާނެއެވެ.

އޭގެތެރޭގައި ވިދްޔާ ސިންހާ އާއި ކާދަރު ހާން،، ވީރު ދޭވްގަން ފަދަ ތަރިން ހިމެނެއެވެ. މީގެއިތުރުންވެސް 10 ފަންނާނެއްގެ ހަދާންތައް މި ފަހަރު އާކުރަން ވަނީ ނިންމާފައެވެ. ގޯއާގައި ކުރިއަށް ދާ މި ފެސްޓިވަލްގެ ހޯސްޓަކީ ކަރަން ޖޯހަރުއެވެ.