މުނިފޫހިފިލުވުން

ހެއްވާ މަޖާ ޕޯސްޓަރުތަކަށްފަހު "ގުޑް ނިއުސް" ގެ ޓްރެއިލަރ


ހެއްވާ މަޖާ ޕޯސްޓަރުތަކެއް ދައްކާލުމަށްފަހު "ގުޑް ނިއުޒް" ގެ ޓީމުން ފިލްމުގެ ޓްރެއިލަރ އިންޓަރނެޓަށް ދޫކޮށްލައިފިއެވެ.

ލީޑްރޯލުން އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ކިއާރާ އަދްވާނީގެ އިތުރުން ދިލްޖީތު ދޯސަންޖް ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ޓްރެއިލަރ އިންވެސް ފިލްމްގެ ހެއްވާ މަޖާ ވާހަކަތަކެއް ކިޔާދެއެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ރާޖު މެހެތާއެވެ. މި ކޮމެޑީ ޑްރާމާގެ ވާހަކަ ބިނާކޮށްފައިވަނީ އިން ވިޓްރޯ ފާޓިލައިޒޭޝަން ( އައިވީއެފް ) ގެ އެހީގައި ދަރިން ހޯދުމަށް މަސައްކަތް ކުރާ ދެމަފިރިންނަށް ހޮސްޕިޓަލުން ހެދޭ ގޯހަކުން ދިމާވާ ހާދިސާތަކެއްގެ މައްޗަށެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާފައިވާ މި ފިލްމު ސްކްރީންތަކަށް އަންނާނީ އަންނަމަހުގެ 27 ވަނަދުވަހުއެވެ. މި ފިލްމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.

ބޮކްސް އޮފީހުގައި ހިޓްތައް ދެމުން އަންނަ އަކްޝޭ ކުމާރުގެ އެންމެ ފަހުން ނުކުތީ "ހައުސްފުލް 4"އެވެ. މި ފިލްމު ކްރިޓިކްސް އަށް މާ ކަމުނުދިޔަނަމަވެސް ބޮކްސް އޮފީހުގައި މިހާތަނަށް އާމުދަނީގެ ގޮތުގައި 272 ކްރޯޑް ( 31.4 ) މިލިއަން ޑޮލަރު ހޯދާފައެވެ.