މުނިފޫހިފިލުވުން

ޕްރޭނާގެ އާ ޑްރާމާ ވާހަކައިގެ މިލްކުވެރިކަމާއި މެދު ސުވާލު


ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދި "ކަސޯޓީ ޒިންދަގީ" މަޝްހޫރުވި (ޕްރޭނާ) ޝެވްތާ ތިވާރީގެ އާ ޑްރާމާ ދައްކަން ފަށައިފިއެވެ.

ސޮނީ ޓީވީން އަލަށް ފެށި މި ޑްރާމާ ސިލްސިލާގެ ނަމަކީ "މޭރޭ ޑޭޑް ކީ ދުލްހަން" އެވެ. ކޮންމެ ހަފްތާއަކު ހޯމަދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހުގެ ރެއަށް ދައްކާ މި ޑްރާމާގައި ޕެރޭނާގެ އިތުރުން ލީޑު ރޯލުންތަކުން ފެނިގެންދާނީ ވަރުން ބަޑޯލާއާއި އަންޖަލީ ތަތުރާނީއެވެ.

ސޮނީ ޓީވީގެ މި ޑްރާމާ ފަށާފައި މިވަނީ މި ވާހަަކައިގެ މިލުކުވެރިކަމާއި މެދު ސުވާލު އުފެދި އެ މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށެވެ. މި ޑްރާމާގެ 2 ޕްރޮޑިއުސަރުންކަމަށްވާ ޓޯނީ އަދި ދީޔާ ސިންގ އާއި ދެކޮޅަށް ދައުވާކުރަނީ އެކްޓަރ ޕްރޮޑިއުސަރ ޕްރީތީ ސަޕްރޫއެވެ.

ދައުވާ އުފުލި ޕްރީތީ ބުނަމުން އަންނަނީ އޭނާ ތައްޔާރުކުރަމުން އަންނަ ޕަންޖާބީ ފިލްމް "ތޭރީ މޭރީ ގަލް ބަން ގައީ" ގެ ތީމަކީވެސް ހަމަ އެއް ތީމެއްކަމަށެވެ. އަދި އޭނާގެ ފިލްމްގެ ސްކްރިޕްޓް 2017 ވަނަ އަހަރުން އިންޑިންއަން މޯޝަން ޕިކްޗަރސް ޕްރޮޑިއުސަރސް އެސޯސިއޭޝަންގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ.

އަނެއްކޮޅުން ސޮނީ ޑްރާމްގެ ޕްރޮޑިއުސަރުވެސް ބުނަމުން އެމީހުންގެ ވާހަކައަކީވެސް 2017 ވަނަ އަހަރު ސޮނީ ޗެނަލަށް ހުށައަޅާފައިވާ ވާހަކައެއްކަމަށެވެ. އަދި އެކަމުގެ ހެކިތަކުގެ ލިޔެކިޔުންތަކުން ހުންނާނެކަމަށްވެސް ދީޔާ ބުނެފައިވެއެވެ.

މި ސިލްސިލާގެ ވާހަކަ ބިނާކޮށްފަިވަނީ ބައްޕައާއި އެކުގައި ދިރިއުޅެމުންދިޔަ 21 އަހަރުގެ އަންހެން ކުއްޖަކު އެނާގެ ބައްޕައަށް އަންބަކު ހޯދައިދޭން ކުރާ މަސައްކަތުގައި ދިމާވާ ހާދިސާތަކެއްގެ މައްޗަށެވެ.