ކުޅިވަރު

ނަސްރުގެ 52ވަނަ މެރަތަން ޖާޔާ ފިޓިންގްސްއިން ސްޕޮންސަރކޮށްފި


އެންމެ ގިނަ މެރެތަން ދުވެގެން ރާއްޖޭގެ ރެކޯޑް ހަދާފައިވާ ދުވުންތެރިއާ ނަސްރުﷲ އަހުމަދުގެ 52ވަނަ މެރެތަން ޖާޔާ ފިޓިންގްސްއިން ސްޕޮންސަރކޮށްފިއެވެ.

ސްޕޮންސަރޝިޕް އެގްރީމަންޓުގައި ސޮއިކުރުން އޮތީ އެކަމަށް ހާއްސަކޮށް ޖާޔާ ފިޓިންގްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތަށްފަހު ވާހަކަދައްކަމުން ނަސްރު ބުނީ މިފަހަރުގެ މެރެތަންގެ އަމާޒަކީވެސް އެހެން ފަހަރުތަކެކޭވެސް އެއްފަދައިން ރަނގަޅު ޓައިމިންއެއްގައި ދުވެ، ވަނައެއް ހާސިލް ކުރުން ކަމަށެވެ.

މީގެ އިތުރުންވެސް ނަސްރު ބުނީ ކުރިއާ ހިލާފަށް މިހާރު ސްޕޮންސަރުން ލިބި މެރެތަންގައި ވާދަ ކުރުމަށް ކުރިމަތިވެފައިވާ ދަތިތައް ދުވަހެއް ދުވަހަކަށް ފަސޭހަވަމުން ދިއުމަކީ ވަރަށް ބޮޑި ހިތްހަމަޖެހުމެއް ކަމަށެވެ.

ދާދިފަހުން ކުރިއަށްދިޔަ މާލޭ މެރެތަންގައި ދުވެ ދެވަނަ ހޯދި ނަސްރު ވަނީ އިންޑިއާގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް މެރެތަންއަކުން ހަތްވަނަ ހޯދާފައެވެ. އެ މެރެތަންއިން އޭނާ ހަތް ވަނަ ހޯދީ ތިންގަޑީރާއި 29 މިނެޓު ދުވެގެންނެވެ.
ނަސްރުގެ 52 ވަނަ މެރެތަން ދުވާނީ ތައިލެންޑުގައެވެ.

މި މެރެތަންއަށް ނަސްރު ސްޕޮންސާކުރި ޖާޔާ ފިޓިންގްސްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތާގާވެސް އެކި ކުޅިވަރުތަށް ސްޕޮންސަރކުރުން ކަމަށެވެ. އެކަމަށް ހާއްސަކޮށްގެން ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ވަކިބައެއް ހިމަނަން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.