ޚަބަރު

ޑިންގީއެއް ބަންޑުން ޖަހާލައި، އެކަކު މަރުވެއްޖެ


ދ.ކުޑަހުވަދޫ ކަނޑުއޮޅިއާ ދިމާއިން 6 މީހުންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އެކަކު މަރުވެއްޖެއެެވެ.

މިޙާދިސާގައި މަރުވެފައިވަނީ ފިރިހެން ފަތުރުވެރިއެއްކަމަށް މަޢުލޫމާތުލިބޭއެވެ. އެއީ ސްވީޑްންގެ ރައްޔިތެކެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވިގޮތުގައި މިކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފުގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:22 ގައިކަމަށާ،
ބަންޑުން ޖަހާލި ޑިންގީގައި ތިބި 6 މީހުންގެ ތެރޭގައި ހިމެނެނީ 4 ބޭރު މީހުންނާއި 2 ދިވެހިންކަމަށެވެ. ބޭރުމީހުންގރެ ތެރޭގައި ހިމެނެނީ މުޅިންވެސް ސްވީޑްންގެ ރައްޔިތުންނެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިންއެސަރަޙައްދަށް ދިޔައިރު، އެ ޑީންގީގައި ތިބި 6 މީހުން، ރަށު ތެރެއިން ޖެޓްސްކީގައި އައި ބަޔަކު ވަނީ ސަލާމަތްކޮށްދީފައިކަމަށާ،
މިހާރު އެމީހުންނަށް ކުޑަހުވަދޫ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.