މުނިފޫހިފިލުވުން

"ދި އިންވިޒިބަލް މޭން " ފުރަތަމަ ޓްރެއިލަރަށް ވެސް ފާޑިކިޔުންތައް


ސައިންސް ފިކްޝަން ބިރުވެރި ފިލްމު "ދަ އިންވިޒިބަލް މޭން" ފުރަތަމަ ޓްރެއިލަރ ދައްކާލުމުން ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ. މި ފިލްމަކީ ލިޔުންތެރިޔާ އެޗްޖީ ވެލްސްގެ ވާހަކަައިގެ މައްޗަށް 1933 ވަނަ އަހަރު ނެރުނު ފިލްމް އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. 1933ގައި ނެރުނު ފިލްމަށްވެސް ދީފައިވަނީ ހަމަ "ދަ އިންވިޒިބަލް މޭން" މި ނަމެވެ.

މި ފިލްމްގެ ޕްލޮޓްގައިވާ ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ އެކުގައި އުޅުމަށްފަހު ވަކިވި ދެ ލޯބިވެރިންގެ ތެރޭގައި ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ. އެގޮތުން އަންހެން މީހާއަށް އެކިގޮތްގޮތުން އެބިއުސްކުރަމުންދިޔަ ކުރީގެ ލޯބިވެރިޔާ އަމިއްލައަށް މަރުވާ ހަބަރު ލިބިގެންދެއެވެ. އެހިސާބުން އެ އަންހެން މީހާ އެނާގެ ދިރިއުޅުން އަލުން ބިނާކޮށް ކުރިއަށްދާން މަސައްކަތް ކުރަން ފަށާތަނުން އަނެއްކާވެސް ގިނަ ސުވާލުތަކެއްގެ ތެރެއަށް އޭނާ ވައްޓާލައެވެ. މިގޮތުން އަމިއްލައަށް މަރުވިކަމަށް ބުނާ ލޯބިވެރިޔާ މަރު ނުވާކަމަމާއި އޭނާ އާއި ދާދި ކައިރީގައި އުޅޭކަމުގެ ޝައްކުތައް އިހްސާސްކުރެވެން ފަށައެވެ.

ލީ ވެނަލް ޑައިރެކްޓްކުރާ މި ފިލްމު ޕްރޮޑިސްކުރަނީ ޔުނިވަރސަލް ޕިކްޗަރސް އާއި ބްލަމް ހައުސްއިން ނެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އެލ؛ްސިބަތް މޮސްއާއި އޮލިވަރ ޖެކްޝަން ހިމެނެއެވެ.
އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމުގެ ފުރަތަމަ ޓްރެއިލަރ އާއި އެކު ބައެއް މީހުންގެ ފާޑިކިޔުންތަކާއި ޕްރޮޑަކަށްޗަން ހައުސްއަށް ވަނީ ކުރިމަތިލާންޖެހިފައެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތައް އާމާޒުވެފައިވަނީ ފިލްމުގެ ޓްރެއިލަރ އަށެވެ. މި ގޮތުން ފުރަތަމަ ޓްރެއިލަރ އިންވެސް މުޅި ފިލްމުގެ އެއްކޮށް ދައްކައިފިކަމަށާއި ދެން ފިލްމު ބަލަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފިލްމުގެ ފުރަތަމަ ޓްރެއިލަރ އިން ފިލްމު ސަސްޕެންސް ގެއްލުވާލާފައިވާކަމަށް ބުނަމުންނެވެ.