މުނިފޫހިފިލުވުން

ދިވެހިި ފިލްމް އެވޯޑްސްގެ ބައެއް ނޮމިނޭޝަންތައް އިއުލާންކޮށްފި


9 ވަނަ ދިވެހިި ފިލްމް އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާންކޮށްފިއެވެ. މި ފަހަރުގެ އެވޯޑްގައި 12 ފީޗަރ ފިލްމާއި، ކުރު ފިލްމެއް ވާދަކުރެއެވެ. 24 ކެޓެގަރީއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު މިރޭ ނޮމިނޭޝަން އިއުލާންކޮށްފައިވަނީ 6 ކެޓަގަރީއަކުންނެވެ.

ބެސްޓް އެކްޓަރ (ފިރިހެން )

- މުހައްމަދު މުންތަސިރު (އިލްނޮއިސް)
- ޔޫސުފު ސަފީއު (ދެވަންސޫރަ )
- ރަވީ ފާރޫގް (ވިޝްކާ)
- މުހައްމަދު ޖުމައްޔަލް ނިމާލު (ވަކިން ލޯބިން)
- އިސްމާއިލް ޒާހިރު (މަލިކާ )

ބެސްޓް އެކްޓަރ ( އަންހެން )

- މަރިޔަމް އައްޒަ ( މީ ލޯތްބަކީ )
- މަރިޔަމް އައްޒަ ( ހައްދު )
_ އައިޝިތު ރިޝްމީ ރަމީޒު ( ވިޝްކާ )
- މަރިޔަމް މަޖްދާ ( ވަކިން ލޯބިން )
- ނުޒުހަތު ޝުއައިބު ( މަލިކާ )

ބެސްޓް އެކްޓަރ ސަޕޯޓިން ( އަންހެން )

- ފާތިމަތު އާޒިފާ ( ބޮސް )
- ފައުޒިއްޔާ ހަސަން ( ހައްދު )
- ފާތިމަތު އާޒިފާ ( ދެވަންސޫރަ )
- ހަދީޖާ އިބްރާހިމް ދީދީ ( ވަކިން ލޯބިން )
- ނުޒުހަތު ޝުއައިބް ( ވަކިން ލޯބިން )

ބެސްޓް އެކްޓަރ ސަޕޯޓިން ( ފިރިހެން )

- އިބްރާހިމް ޖިހާދު ( ބޮސް )
- އަލީ އާޒިމް ( ހައްދު )
- އަލީ އާޒިމް ( ދެވަންސޫރަ )
- އިބްރާހިމް ޖިހާދު ( ދެވަން ސޫރަ )
- އަހްމަދު ސައީދު ( ވިޝްކާ )

ބެސްޓް ޑައިރެކްޓަރ

- އިސްމާއިލް ނިހާދު ( އިލްނޮއިސް )
- އަބްދުއްފައްތާހު ( ހައްދު )
- ޔޫސުފް ޝަފީއު ( ދެވަންސޫރަ )
- ރަވީ ފާރޫގް ( ވިޝްކާ )
- އަލީ ޝިފާއު ( ވަކިން ލޯބިން )

ބެސްޓް ފިލްމް

- އިލް ނޮއިސް
- ހައްދު
- ދެވަންސޫރަ
- ވިޝްކާ
- ވަކިން ލޯބިން

މިރޭ އިއުލާންކުރި ނޮމިނޭޝަންތަކަށް ބަލާއިރު އެވޯޑަށް ކުރިމަތިލީ ފިލްމަތަކުގެ ތެރެއިން ފާތިމަތު ނަހްލާގެ "ބޮސް" ހިމެނިފައިވަނީ ހަމައެކަނި އެކްޓަރ އިން ސަޕޯޓިން ރޯލުގެ އަންހެން ފިރިހެން ކެޓަގަރީގައި އެކަނިއެވެ. އަދި މަޝްހޫރު ޑައިރެކްޓަ އަމްޖަދު އިބްރާހިމްގެ "ރޭވުމެއް" އަދި މުހައްމަދު އަބޫބަކުރުގެ "ނޭދެން ވަކިވާން " އެއްވެސް ކެޓަގަރީއެއްގައި ހިމެނިފައެއް ނުވެއެވެ.

އިއުލާންކުރި ނޮމިނޭޝަންތަކަށް ބަލާއިރު އެންމެ ގިނަ ކެޓަގަރީގައި ވާދަކުރާ ފިލްމަކީ "ވަކިން ލޯބިން" އެވެ. މި ދެ ފިލްމު މިރޭ އިއުލާންކުރި ހުރިހާ ކެޓަގަރީއެއްގައި ވާދަކުރެއެވެ. މި ފިލްމާއި އެއްމެ ކައިރިން ވާދަކުރަނީ 5 ކެޓަގަރީގައި ވާދަކޮށްގެން ޔޫއްޕެގެ "ދެވަންސޫރަ" އެވެ. ތަރިންނަށް ބަލާއިރު މަރިޔަމް އައްޒަ ވަނީ ދެ ފިލްމަކުން ބެސްޓް އެކްޓަރ އަންހެން މި ބައިގައި ވާދަކޮށްފައެވެ. އޭނައާއި އެކު އައްޒަގެ ދައްތަ އައިޝަތު ރިޝްމީވެސް މި ކެޓަގަރީގައި ވާދަކުރެއެވެ.

9 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ބާކީ ހުރި ކެޓަރީތަކުގެ ނޮމިނޭޝަންތައް އިއުލާންކުރުން އޮންނާނީ މިމަހުގެ 15ވަނަ ދުވަހުގެ ރޭ އޮންނަ އެވޯޑް ނައިޓްގައެވެ. ދިވެހި ފިލްމު އެވޯޑްސްގައި ވާދަކުރާ ފިލްމްތައް ޖަޖްކުރުމަށް އެންސީއޭއީން އެކުލަވާލާފައިވަނީ 7 ފަންޑިޔާރުންގެ ޕެނަލައެކެވެ.

މި ފެނަލްގައި ހިމެނެނީ މަޝްހޫރު ޑައިރެކްޓަ މުހައްމަދު ނިޔާޒް (ޓެޑްރީ) އާއި ފިލްމް ޕްރޮޑިއުސަރ އައިމިނަތު ނަޖީބް، ކުރީގެ ޓީވީ ޕްރޮޑިއުސަރ ފާތިމަތު ލީޒާ، އައިމިނަތު އިނާސް، އަހްމަދު އަހްސަން، ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީއެވެ.