ޚަބަރު

މާފަންނު ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


މާލޭގެ ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ މ.ކަނޑޫމޫންފުށި ގޭގެ ބަދިގޭގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ހާނިކައެއް ވެފައެއްނުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ޙާދިސާގެ މަޢުލޫމާތު ލިބުނީ 16:41ހާއިރުކަމަށެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ 20ވަނަ ދުވަހު، މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއްގައި ގިނަ ޢަދަދެއްގެ ޢިމާރާތްތަކަށްވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ، ހެންވޭރުގައި ހިނގި އެ ޙާދިސާގައި 46 އަހަރުގެ އަންހެނެއްވަނީ މަރުވެފައެވެ.