މުނިފޫހިފިލުވުން

މިފަހަރުވެސް އަކްޝޭ ރީމޭކަކުން


އަކްޝޭ ކުމާރު ސްޕައި ތްރިލަރގެ ނަން ފައިނަލްކޮށް ފިލްމު ރިލީޒްކުރާނެ ތާރީހުވެސް ކަނޑައަޅައިފިއެވެ.
އަކްޝޭގެ އާ ފިލްމަށް ދީފައިވާ ނަމަކީ "ބެލް ބޮޓަމް" އެވެ. މީ މި އަހަރު ނުކުތް ކަންނާޑާ ހިޓް ފިލްމުގެ ރީމޭކްއެކެވެ.

ކަންނާޑާ ފިލްމަށްވެސް ކިޔާފައިވަނީ "ބެލް ބޮޓަމް" އެވެ. ކަންނާޑާ މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ. ހާއްސަކޮށް އެ ފިލްމުގައި 80ގެ އަހަރުތައް ގެނެސްދީފައިވާލެއް ފުރިހަމަ ކަމުން ގިނަ ބަޔަކުވަނީ އެ ފިލްމަށް ތައުރީފުކޮށްފައެވެ.

މި ފިލްމުގެ ހިންދީ ރީމޭކް ޕްރޮޑިސަރަކީ ނިކިލް އަދްވާނީއެވެ. އަކްޝޭ ވަނީ މީގެކުރިން ތިން ފަހަރެއްގެ މަތިން ނިކިލް އާއި އެކު މަސައްކަތްކޮށްފައެވެ. މިގޮތުން އަކްޝޭގެ ކާމިޔާބު ފިލްމު "ޕަޓިއާލާ ހައުސް" އާއި "ޗާންދީ ޗޯކު ޓު ޗައިނާ " ޑައިރެކްޓަރަކީ ނިކިލް އަދްވާނީއެވެ. އަދި އަކްޝޭގެ " އެއަރ ލިފްޓް" ގެ ޕްރޮޑިއުސަރަކީވެސް ނިކިލް އަދުވާނީއެވެ.

މިފަހަރުގެ ފިލްމުގެ ޑައިރެކްޓަރަކީ ރަންޖިތް ތިވާރީއެވެ. ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އަންނައިރު އެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ހައުސް އިން ބުނެއެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މހުގެ 21 ވަނަދުވަހުއެވެ.