މުނިފޫހިފިލުވުން

ރޯހިތުގެ ކްލައިމެކްސްގައި ހުރިހާ ފުލުހުން


ރޯހިތް ޝެޓީގެ ކުރިޔަށް އޮތް ފިލްމް "ސޫރިޔަވަންޝީ" ކްލައިމެކްސް ތަފާތުކޮށްލަން އޭނާގެ ހުރިހާ ފުލުހުން އެއްކޮށްލައިފިއެވެ.

ރޯހިތާއި ކަރަން ޖޯހަރުގެ ގުޅިގެން އުފައްދާ "ސޫރިޔަވަންޝީ" އަކީ ރޯހިތު ކޮޕް ޑްރާމާގެ ތެރޭގައި ހިމެނޭ ބައެކެވެ. ރޯހިތް ޝެޓީގެ ކާމިޔާބު ފިލްމް "ސިންގަމް" އާއި އޭގެ ސީކުއެލް "ސިންގަމް 2 " އަށްފަހު އޭނާވަނީ ކަރަން ޖޯހަރާއި އާއި ގުޅިގެން މިދިޔަ އަހަރު "ސިމްބާ" ނެރެފައެވެ.

މި ހުރިހާ ފިލްމުތައްވެސް ވެގެންގޮސްފައިވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމުތަކަކަށެވެ. މި އާއި އެކު ރޯހިތާ ކަރަން ގުޅިގެން "ސިމްބާ" ގެ ދެވަނަ ބައެއްގެ ގޮތުގައި "ސޫރިޔަވަންޝީ" ގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ފިލްމުގެ ލީޑު ރޯލުން އަކްޝޭ ފެނިގެންދާއިރި މި ފިލްމުގެ ކްލައިމެކްސް ވަރަށް ތަފާތުކުރުމަށް ރޯހިތް އަންނަނީ މަސައްކަތްކުރަމުންނެވެ.

"ޝޫރިޔަންވަންޝީ" ކްލައިމެކްސްގައި "ސިންގަމް"ގެ ދެބައިގެވެސް ލީޑު ރޯލުން ފެނިގެން ދިޔަ އަޖޭ އާއި "ސިމްބާ"ގެ ލީޑް ރަންވީރު އަކްޝޭއާއި އެކު ފެނިގެންދާނެއެވެ. މި ތިން ތަރިން އެކުގައި ކުޅޭ މަންޒަރުތައް ހައިދަރު އާބާދޫގައި އަންނަނީ ޝޫޓްކުރަމުންނެވެ.

"ސިންގަމް" އާއި "ސިމްބާ" ގެ ކާމިޔާބީއަށްފަހު ނުކުންނަށް ތައްޔާރުވަމުން އަންނަ "ސޫރިޔަވަންޝީ" ވެސް ބޮކްސް އޮފީހުގައި ރަގަޅު ކާމިޔާބީތަކެއް ހޯދާނެކަމަށް މިހާރުވެސް ވަނީ ބެލެވެން ފަށާފައެވެ. މި ފިލްމުގައި އަކްޝޭއާއި އެކު ލީޑް ރޯލުން ފެނިގެންދާނީ މިހާތަނަށް ގިނަ ލޯބީގެ ފިލްމުތަކެއްގައި އޭނާއާއި އެކު ފެނިފައިވާ ކެތްރީނާ ކެއިފްއެވެ.