ޚަބަރު

ތައިލޭންޑުގެ ދެކުނުގައި ހަތިޔާރުއެޅި ބަޔަކު ދިން ޙަމަލާތަކެއްގައި 15 މީހުން މަރުވެއްޖެ


ތައިލޭންޑުގެ ދެކުނުގައި ހަތިޔާރުއެޅި ބަޔަކު ދިން ޙަމަލާތަކެއްގައި 15 މީހުން މަރުވެއްޖެއެވެ. މިއީ ފާއިތުވި ތިން އަހަރު ތެރޭގައި އެ ސަރަޙައްދުގައި ދީފައިނުވާފަދަ ލޭ އޮހޮރުވުން ބޮޑު ޙަމަލާއެކެވެ.

ތައިލެންޑްގެ އަމަނާބެހޭ މަސްޢޫލުވެރިން ވިދާޅުވީ އެ ޙަމަލާތައް ދިނީ އެ ޤައުމުގެ ދެކުނުގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޕްރޮވިންސްކަމަށްވާ ޔާލާގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންކަމަށެވެ. ޔާލާގެ މުއަންގް ޑިސްޓްރިކްޓުގައި ޤާއިމުކޮށްފައިވާ އަމަނާބެހޭ ޗެކްޕޮއިންޓަށް ޙަމަލާ ދީފައިވަނީ ބަޑިއާއި ގޮވާތަކެތި ބޭނުންކޮށްގެންކަމަށާ އެ ޙަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ އޮފިސަރަކާއި ދިފާޢީ ވޮލަންޓިއަރުންގެ 4 މީހުންގެ ހިމެނޭކަމަށް އެ ޤައުމުގެ ސަރުކާރުން ވިދާޅުވެއެވެ ޙަމަލާދިން ޗެކްޕޯސްޓަކީ ތައިލެންޑްގެ ވޮލަންޓިޔަރ ޑިފެންސް ކޯއިން ޤާއިމުކޮށްފައިވާ ޗެކްޕޯސްޓެއްކަމަށް މަޢުލޫމާތު ލިބެއެވެ.

ތައިލޭންޑުގެ ސިފައިންގެ ތަރުޖަމާނަކުވަނީ ޔާލާގެ ޗެކްޕޯސްޓަށް ޙާމަލާތައް ދިނީ އެ ޤައުމުގެ ދެކުނުގައި ވަކިވެގަތުމަށާއި އަމިއްލަ ވެރިކަމެއް ޤާއިމުކުރަން މަސައްކަތްކުރާ ހަނގުރާމަވެރިންކަމަށް ތުޙުމަތުކުރައްވާފައެވެ. ތައިލޭންޑުގެ ދެކުނުގައި ހިމެނޭ ތިން ސްޓޭޓް ކަމަށްވާ ޔާލާ، ޕަޓާނީ އަދި ނާރާތުވައިތްއަކީ މުސްލިމުންގެ އާބާދީ ބޮޑު 3 ޕްރޮވިންސްކަމަށްވާއިރު އެ ޕްރޮވިންސްތަކުގެ މުސްލިމުންނާމެދު ބޭ އިންސާފުން މުޢާމަލާތްތައްކުރުމާއި ތަފާތު ކުރުންތައް ގެންގުޅޭކަމުގެ ތުޙުމަތު ތައިލޭންޑުގެ ސަރުކާރަށްވަނީ ކުރެވިފައެވެ.