ޚަބަރު

ވިއްސާރަވެ ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖޭގެ ރަށްތަކަށް ރީނދޫ އެލަރޓް ނެރެފި


ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖޭގެ ރަށްތަކަށް ރީނދޫ އެލަރޓް ނެރެފިއެވެ.

ވ.އަތޮޅާއި ތ.އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ އެލަރޓް ނެރެފައިވަނީ މިރޭގެ 21:45ން މާދަމާރޭގެ 00:45ށެެވެ. މޯލްޑިވްސް މީޓްރޮލޮޖީން ވިދާޅުވީ ކ.އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މީޓްރޮލޮޖީން ވަނީ އުތުރުގެ ރަށްތަކަށްވެސް ވިއްސާރަވާނެ ކަމަށް ލަފާކޮށް ހުދު އެލަރޓްވެސް ނެރެފައެވެ.