މުނިފޫހިފިލުވުން

12 އަހަރަށްފަހު އަނިލްއާއި ގޯވިންދާ އަނެއްކާވެސް އެކުގައި ސްކްރީނަން


ނަޗް ބަލިޔޭގެ 9 ވަނަ ސީޒަންވެފައި މި ވަނީ ގިނަ ސުރުހީތަކެއް އުފައްދާ ޝޯއަކަށެވެ. މި ޝޯގެ ތެރެއިން އެންމެ ފަހުން ލިބިގެންދިޔަ ހަބަރަކީ 12 އަހަރަށްފަހު އަނިލް ކަޕޫރާއި ގޯވިންދާ އެކުގައި ސްކްރީނަން އަންނަން އުޅޭ ހަބަރެވެ.

މި ދެތަރިން އެކުގައި ފެންނަން ތައްޔާރުވަނީ މި ދެތަރިން އެކުގައި 1997 ވަނަ އަހަރު ފެނުނު "ދީވާނާ މަސްތާނާ" ގެ ސީކުއަލްއިންނެވެ. މި ދެތަރިން އެކުގައި އެންމެ ފަހުން ފެނިފައިވަނީ 2007 ވަނައަހަރު ނުކުތް "ސަލާމޭ އިޝްގް" މި ފިލްމުންނެވެ.

އަނިލް ކަޕޫރު ބުނީ އެނާއާއި ގޯވިންދާ އެކުގައި ފެންނަ ސީކުއަލަށް ދީފައިވާ ނަމަކީ "ދީވާނާ މަސްތާނާ 2" ކަމަށެވެ. އަދި މި ފިލްމުގައި ގޯވިންދާ އާއި އަނިލްގެ އިތުރުން މި ފަހަރު ޖޯން އަބްރަހަމްވެސް ފެނިގެންދާނެކަމަށް އަނިލް ކަޕޫރު ބުނެއެވެ.

މި ފިލްމު އިއުލާންކުރުމާއި އެކު ގޯވިންދާ ބުނެފައިވަނީ އަނިލް ކަޕޫރަކީ އެނާ މަސައްކަތްކުރި މީހުންގެ ތެރެއިން އެންމެ ތަފާތު މީހާކަމަށެވެ. އަދި އަނިލްއަކީ ގޯވިންދާއަށް ވުރެ ސީނިއަރ ތަރިއެއް ނަމަވެސް އެކަން އިހްސާސްވިޔަ ދީފައިނުވާކަމަށްވެސް ގޯވިންދާ ވަނީ ބުނެފައެވެ.

ހެއްވާ މަޖާ ވާހަކައަކަށް ބިނާކޮށް ތައްޔާރުކުރި "ދީވާނާ މަސްތާނާ' ގެ ފުރަތަމަ ބައިގެ ރޯލަކުން ފެނިގެންދިޔަ ރަވީނާ ޓަންޑަންވެސް މި ފިލްމުގެ ސީކުއަލްގައި ފެނިގެންދާނެއެވެ.

ބޮލީވުޑްގައި ކާމިޔާބު އަނިލާއި ގޯވިންދާ އެންމެ ފުރަތަމަ އެކުގައި ފެނިފައިވަނީ 1990 ވަނަ އަހަރު ނުކުތް "އާވާރިގީ" އެވެ.