މުނިފޫހިފިލުވުން

ދެތިން މަހެއްގެ ތެރޭ އާ ފިލްމެއް އިއުލާންކުރާނަން- ޝާހު


ޝާހު ރުކްހާންގެ ފިލްމް "ޒީރޯ" ރިލީޒްކުރި ފަހުން މިހާރު މިވަނީ އަހަރެއްހާ ދުވަސްވެފައެވެ. މިއާއި އެކު އެނާގެ ފޭނުން އެންމެ ބޮޑަށް ކުރަމުން އަންނަ އިންތިޒާރަކީ ޝާހުގެ އާ ފިލްމަކަށް ކުރާ ިއންތިޒާރެެވެ.

ޝާހުގެ ފޭނުން ވަނީ ޓްވިޓަރގައި ވީވޯންޓް ޝާހުރުކް ނެކެސްޓް ފިލްމް ކިޔާ ހޭސްޓެެގެއް ވެސް ހަދާ ޓްވިޓަރގައި ދައުރުކުރުވާފައެވެ. އެއްބަޔަކު "ޑޯން 3" ކުން ޝާހު ފެންނާނެކަމަށް ބުނަމުންދިިޔައެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ ޝާހު ފެންނާނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުންކަމަށެވެ.

ޝާހުގެ ގިނަ ފޭނުން އިންތިޒާރު ކޮށްގެން ތިބީ މިދިޔަ ހޮނިހިރު ދުވަހު ފާހަގަކުރި ޝާހުގެ 54 ވަނަދުވަހު އާ ފިލްމުގެ ވާހަކަ ޝާހު އިއުލާންކުރާނެކަމަށެވެ.

އެހެންނަމަވެސް ފޭނުންގެ މި އިންތިޒާރަށް ޝާހު ދީފައިވަނީ އެންމެ އިންތިޒާރުކުރި ޖަވާބެއް ނޫނެވެ. ޝާހު އެނާ ފޭނުންނަށް ދިން ޖަވާބުގައި ބުނެފައިވަނީ އޭނާ މިވަގުތު ބޭނުންވަނީ އައިލާއާއި އެކު ވަގުތު ހޭދަކުރުމަށްކަމަށެވެ. މިގޮތުން ފިލްމުތަކުގައި ބިޒީކޮށް މަސައްކަތް ކުރަން ޖެހުމުން އާއިލާއަށް ނުދެވެނު ވަގުތުތައް މިހާރު ދޭން ބޭނުންވާކަމަށެވެ. އަދި އެނާގެ ދަރިން ކޮލެޖަށް ދާތީ އެކުދިންނާއި އެކު ވަގުތު ހޭދަކުރަން ބޭނުންވާކަމަށްވެސް ޝާހު ބުނެފައިވެއެވެ. މި ވާހަކަތަކުގެ އިތުރުން ޝާހު ވަނީ އެނާގެ ފޭނުން އުފާވާ ކަހަލަ ވާހަކަ އެއްވެސް ބުނެފައެވެ. އެގޮތުން އެނާ މިވަގުތު ދަނީ އޭނާއަށް ކަމުދިޔުމުގެ ބަދަލުގައި ފޭނުންނަށް ކަމުދާ ކަހަލަ ވާހަކައެއް ހޯދުމުގެ މަސައްކަތް ކުރަމުންކަމަށްވެސް ޝާހު ބުނެފައިވެއެވެ.

ސަޕޯޓަރުންނަށް އަމާޒުކޮށް ޝާހު ބުނީ އެނާ ކުޅޭ ފިލްމެއްގެ ވާހަކަ އިއުލާންކުރަނީ އަބަދުވެސް އެ ފިލްމެއްގެ ޝޫޓިން ފެށުމަށްފަހުކަމަށެވެ. އަދި ކުރިޔަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި އާ ފިލްމަކަށް ތައްޔާރުވާނެކަމަށާއި އެހާ ހިސާބުން ފޭނުންނަށް އެވާހަކަ ހިއްސާކުރާނެކަމަށްވެސް ޝާހު ބުނެފައިއެވެ.

ޝާހުގެ ފިލްމަކަށް އޭނާގެ ސަޕޯޓަރުން އިންތިޒާރުކުރަމުން އަންނައިރު އޭނާގެ ގާތް އެކުވެރިޔާ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދަމުން އަންނަ "ބުރައްމަސްތުރާ" ގައި ހާއްސަ ފެނިލުމަކުން ޝާހު ފެންނާނެކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.