ޚަބަރު

ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި 23 އަހަރުގެ ޒުވާނަކު މަރުވެއްޖެ


ކ. ގުރައިދޫއިން މަހަށް ނުކުތް ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި 23 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ފުލުުހުން ވިދާޅުވީ 23 އަހަރުގެ ފިރިހެނަކު ދޯންޏެއްގެ ވަތުތެރެއަށް ވެއްޓި ހަރަކާތް ހުއްޓިފައިވާކަމުގެ މައްސަލައެއް ރޭ ދަންވަރު 03:58 އެހާކަންހާއިރު އެ އިދާރާއަށް ލިބިފައިވާކަމަށެވެ.

އަދި އެ މީހާ މިއަދު ހެނދުނު 06:55 އެހާކަންހާއިރު ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެޒުވާނާ މަރުވެފައިވާކަމަށް އެ ސެންޓަރުން މައުލޫމާތުދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި މިހާތަނަށް ބެލިބެލުމުން މަރުވެފައިވާ ޒުވާނާ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތްކަމަށާއި މި މައްސަލަ ތަހުޤީގުކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވެއެވެ.