ޚަބަރު

ތިޖޫރީއަކުން ވަގަށްނެގި ތަކެތި ފުލުހުން ހޯދައިފި


މާފަންނު ގެއެއްގެ ތިޖޫރީން ވައްކަން ކުރި މީހަކު ފުލުހުން ހިފަހައްޓައިފިއެވެ. މި ޙާދިސާ ހިންގާފައިވަނީ ރޭ ދަންވަރުއެވެ.

ފުލުހުން ބެފައިވަނީ މި މީހާއާއި، އެ ސަރަހައްދު ބަލާ ފާސްކުރުމުން ތިޖޫރީން ވަގަށްނެގި ތަކެތި ފެނިފައިވާކަމަށެވެ. އެގޮތުން ބެލިބެލުމުން 1ފުޅި ވަކިލާރިއާއި، ކަށިގަނޑާއި މަރުތެޔޮފަދަ ސާމާނާއި، ކުޑަފޮއްޓެއް، ވައްކަން ކުރި ގެ ކައިރީ މިސްކިތަކުން ހޯދާފައިވާކަމަށެވެ. މި ތަކެތި މިހާރުވަނީ ވެރިފަރާތާއި ހަވާލުކޮށްފައެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 19އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަތުން ކުޑަ ވަޅިއަކާއި ބައެއް އިލެކްޓްރޯނިކް ސާމާނުވެސްވަނީ ހޯދާފައެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙްގީޤުކުރަމުންނެވެ.