ޚަބަރު

މަރުގެ އިންޒާރު ދެމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފި


ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރު ދެމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މީހުންނަށް މަރުގެ އިންޒާރުދީ މުޖްތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަނިޔާވެރިކަމަށޤ ހިތްވަރު ދެމުންދާ މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ހައްޔަރުކުރީ 19 އަހަރުގެ ފިރިހެންނެއްކަމަށާއި އޭނާ ހައްޔަރުކުރީ ފުވައްމުލަކުންކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށެވެ.