މުނިފޫހިފިލުވުން

"ގުލާބޯ ސިތާބޯ" ރިލީޒް ޑޭޓް އަވަސްކޮށް އަމީތާބާއި އަޔުޝްމަން ދައްކާލައިފި


ސުޕަސްޓަރ އަމީތާބު ބަޗަންނާއި މިހާރު އެންމެ ކާމިޔާބު އެއް ތަރި އަޔުޝްމަން ކުރާނާ އެކުގައި ކުޅޭ ފިލްމުގައި މި ދެ ތަރިން ފެންނާނެ ގޮތް ދައްކާލައިފިއެވެ.

ފިލްމް "ގްލާބޯ ސިތާބޯ " ގެ ޕްރޮޑަކްޝަން ޓީމުން ވަނީ މި ފިލްމް ޝޫޓިންގެ ތެރެއިން އަމިތާބާއި އަޔުޝްމާން އެއްކޮށް ތިބި ފޮޓޯއެއް ފުރަތަމަ ފަހަރަށް ދައްކާލާފައެވެ.

ހެއްވާ މަޖާ ވާހަކައަކަށް ތައްޔާރުކުރާ މި ފިލްމުގައި އަމީތާބާއި އަޔުޝްމާންގެ އިތުރުން ލީޑްރޯލުން ދެން ފެނިގެންދާނީ ސަބޫރް އެލީއެވެ. އަޔުޝްމަން ބޮލީވުޑަށް ތައާރަފުކޮށްދިން ޑައިރެކްޓަރ ސުޖިތް ޑައިރެކްޓް ކުރާ މި ފިލްމްގެ ޕްރޮޑިއުސަރުންނަކީ ރޯނީ ލެހެރީއާއި ޝީލް ކުމާރުއެވެ.

މީ އަމީތާބުވެސް ސުޖިތާއި އެކު މަސައްކަތް ކުރާ ދެވަނަ ފަހަރުއެވެ. އަމީތާބު ކުރިން ސުޖިތްއާއި އެކު މަސައްކަތްކޮށްފައިވަނީ "ޕީކޫ" ގައެވެ.

"ގުލާބޯ ސިތާބޯ " މި ފިލްމްގެ ސްކްރީން ޕްލޭ ލިޔެފައިވަނީ މީގެކުރިން ސުޖިތް ޑައިރެކްޝަން ދަށުން ސްކްރީނަށް ނެރުނު "ޕީކޫ" އާއި "އޮކްޓޯބަރ" ގެ ވެސް ސްކްރީން ޕްލޭ ލިޔުނު ޖޫހީ ޗަތުރަވެދީއެވެ.

ކުރިން އަންނަ އަހަރުގެ އޭޕްރިލްމަހުގެ 24 ވަނަދުވަހު ރިލީޒުކުރުމަށް ހަމަޖެހިފައިވާ މި ފިލްމް ރިލީޒްކުރާ ތާރީހު ވަނީ އަވަސްކޮށްފައެވެ. މިހާރު މި ފިލްމް ރިލީޒުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަދުވަހުއެވެ.