ޚަބަރު

މަޖިލީހުގެ 44 މެމްބަރަކާއި ސަރުކާރުގައި ހިމެނޭ 7 މީހަކަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވޭ


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަހްގީގުކުރާ އިދާރާތަކުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ ޚިޔާނާތާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްވަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އާ ބައެއް މަޢުލޫމާތު ވިދާޅުވެފައިއެވެ. އޭސީސީއާ ރިޔާސީ ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގާ އެއެމްއެމްޕީއާރުސީގެ ތަހްޤީޤަށް އާ މަޢުލޫމާތުތަކެއް މިހާރު ލިބިފައިވާ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

ފައިސާ ލިބުނު ފަރާތައް

  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރެއް
  • ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރެއް
  • މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅެއް
  • މިހާރު ސަރުކާރު މަގާމުގައިތަކުގައި ތިބި 7 މީހެއް
  • 7 ފަނޑިޔާރުން
  • ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 މީހެއް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ އަހްމަދު އައްސަދު ވިދާޅުވިއެވެ. މި ފައިސާތައް ހަރަދުކޮށްފައިވަނީ އެކިއެކި ކަންކަމަށް ނޫފޫޒު ފޯރުވުމަށް ސިޔާސީ ކަންކަމަށެވެ. އޭގެތެރޭގައި ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި މީހުންނާއި މަޖިލިސް މެމްބަރުންނާއި ނޫސްވެރިންވެސް ހިމެނޭކަމަށެވެ.

އަދި އެމްއެމްޕީއުރީސީގެ ހިޔާނާތުގެ އަދަދު މިހާތަނަށް ބެލިބެލުމުން މިލިއަން ޑޮލަރު (3.38 ބިލިއަން ރުފިޔާ ) އަރާކަމަށް ވިދާޅުވިއެވެ.

މި ޕްރެސް ކޮންޕްރެންސްގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެމްއެމްޕީއާރުސީ ފައިސާއަށް ހިޔާނަތްވެ އެ ފައިސާ އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 2014 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ދިމާކޮށްކަމަށެވެ. މިގޮތުން ޕާޓީ ޕްރައިމެރީ ވިންކުރުމާއި ޕާޓީ ބަދަލުކުރުމަށްވެސް މި ފައިސާ ހަރަދުކޮށްފައިވެއެވެ. ފުލުހުންގެ ތެރެއިން އެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ކުރީގެ ޕޮލިސް ކޮމިޝަނަރަކާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަން ކުރި މީހެއް ހިމެނޭ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ފައިސާ ލިބުނު ކޮންމެ ފަރާތަކީ އެ ކޮރަޕްޝަނުގެ ބައިވެރިން ކަމަށް ނުވެދާނެ ކަމަށް އެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.