މުނިފޫހިފިލުވުން

"ކޮމާންޑަރ 3" ގެ ޓްރެއިލަރ މާދަމާ


" ކޮމާންޑޯ 3 " ގެ ޓްރެއިލަރ މާދާމާ ނެރެން ތައްޔާރުވެއްޖެއެވެ. އެކްޝަން ސްޓާރެއްގެ ގޮތުގައި މަޝްހޫރު ވިދުޔަތު ޖަމްވަލްގެ ކޮމާންޑޯ ސީރީޒްގެ ތިންވަނަ ބައި ސްކްރީންތަކަށް އަންނާނީ އަންނަ މަހުގެ 29 ވަނަދުވަހުއެވެ. މި ފިލްމުގެ ހުރިހާ ކެރެކްޓަރުންގެ ޕޯސްޓަރތައްވެސް މިހާރު ވަނީ ދައްކާލަފައެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ގުލްޝަން ދެވިއާ، އަދާ ޝަރުމާގެ އިތުރުން އަންގިރާ ދާރު ހިމެނެއެވެ. "ކޮމާންޑޯ 3"ގެ ޑައިރެކްޓަރަކީ އަދިތިޔާ ދަތުއެވެ.

މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ފިލްމުގެ ބައެއް މަންޒަރުތައް އިނގިރޭސިވިލާތުގައިވެސް ވަނީ ނަގާފައެވެ. ކުރިން މި ފިލްމު ރިލީޒުކުރުމަށް ނިންމާފައި އޮތީ މިދިޔަ މަހުގެ ތެރޭގައެވެ.

ކޮމާންޑްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2013ވަނަ އަހަރުއެވެ. މި ފިލްމުގެ ދެވަނަ ބައި ނެރެފައިވަނީ މިދިޔަ އަހަރުއެވެ.