މުނިފޫހިފިލުވުން

އެންމެ ބޮޑު އާމްދަނީއެއް ހޯދި ފޮރިން ލެންގުއޭޖް ފިލްމަކަށް "ސަންޖޫ"


ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ސަންޖޫ" އަށް ފޮރިން ލެންގުއޭޖް ފިލްމުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ އެވޯޑް ލިބިއްޖެއެވެ.

އޮސްޓރޭލިއަން އިންޓަރނޭޝަނަލް މޫވީ ކޮންވެންޝަން "އޭއއިއެމްސީ" ގައި ސަންޖޫއަށް މި އެވޯޑް ލިބިފައިވަނީ ފަރަންސޭސީ އަދި ޗައިނާ ފިލްމުތަކާއި ވާދަކޮށްގެންނެވެ.

"ސަންޖޫ"އަކީ ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް މަޝްހޫރު ޑައިރެކްޓަރ ރާޖްކުމާރު ހިރާނީގެ އުފެއްދުމެކެވެ. މި ފިލްމުގައި ސަންޖޭ ދަތު މަސްތުވާތަކެތި ބޭނުންކުރި ދުވަސްވަރާއި 1993ގައި ބޮމްބޭގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާތަކުގައި ޖަލަށްލީ ވާހަކަތަކާއި ސަންޖޭގެ ބައްޕަ ސުނިލް ދަތާއި އޮތް ގުޅުމާއި ސަންޖޭގެ ލޯބީގެ ގުޅުންތަކުގެ ވާހަކަތައް ގެނެސްދީފައިވެއެވެ.

މި ފިލްމުގައި ސަންޖޭ ރޯލު ގެނެސްދިން މޮޅުގޮތަށް މި ފިލްމް އެކްޓަރ ރަންބީރަށްވެސް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެއެވެ. އަދި 64 ވަނަ ފިލްމް ފެއަރ އެވޯޑްގެ ބެސްޓް އެކްޓަރުގެ އެވޯޑުވެސް އުފުލާފައިވަނީ މި ފިލްމުން ރަންބީރުއެވެ. އަދި 64 ވަނަ ފިލްމް ފެއަރ އެވޯޑްގެ ބެސްޓް ފިލްމާއި ބެސްޓް ޑައިރެކްޓަރގެ އެވޯޑާއި ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑްވެސް ލިބިފައިވަނީ މި ފިލްމަށެވެ.

މިދިޔަ އަހަރު ޖޫންމަހުގެ 29 ގައި ސްކްރީންތަކަށް ނުކުތް މި ފިލްމުވަނީ ފައްސަތޭކަ ކްރޯޑް ( 85 މިލިއަނަށް ވުރެ ގިނަ ޑޮލަރު ) ހޯދާފައެވެ.