މުނިފޫހިފިލުވުން

މުސްކުޅި ތާޕްސީއާއި ބޫމީ އަށް ތައުރީފުތައް


މިހާރު ކުރިއަރަމުން އަންނަ ދެ ތަރިންކަމަށްވާ ތާޕްސީ ޕަންނޫއާއި ބޫމީ ޕެޑްނޭކަރު މިހާރު ތައްޔާރުވަމުން އަންނަނީ ދެ މީހުން އެކުގައި ބޮކްސް އޮފީސް ފަތަހަ ކުރަން ތައްޔާރުވަމުންނެވެ.

މި ދެތަރިން އެކުގައި ފެނިގެންދާނީ ދުނިޔޭގެ މިހާރު ތިބި އަމާޒަށް ބަޑި ޖަހާ އެންމެ ދުވަސްވީ ދެ އަންހެނުންގެ ރޯލުންނެވެ. އުމުރުން 30 އަހަރުގެ ބޫމީ އާއި 32 އަހަރުގެ ތާޕްސީގެ "ސާންޑް ކީ އާންކް" ގެ ވާހަކަ ބިނާކޮށްފައިވަނީ

އިންޑިއާގައި މަޝްހޫރު ދެ ޝޫޓަރުންކަމަށްވާ 87 އަހަރުގެ ޗަންދުރޯ ތޯމަރާއި 82 އަހަރުގެ ޕްރަކާޝީ ތޯމަރުގެ ހަޔާތުގެ ވާހަކަތެކެވެ. އިންޑިއާގެ ދިވާލީ އާއި ދިމާކޮށް ފިލްމް ސްކުރީންތަކަށް އަންނަން ތައްޔާރުވަމުންދާއިތު ތާޕްސީ އާއި ބޫމީ އުޅެނީ ފިލްމް ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި އަވަދިނެތިއެވެ. ފިލްމުގެ ލަވަތަކާއި ފިލްމުގެ ޓްރެއިލަރ އިން މި ފިލްމު މިހާރުވެސް ވަނީ ގިނަބައެއްގެ ހިތުން ޖާގަ ހޯދާފައެވެ.

ފިލްމް ނެރެން ވަގުތު ކުޑަންތަންވެފައިވަނިކޮށް މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މި ވަނީ މި ފިލްމް ބައެއް ފިލްމީ ތަރިންނާއި ގާތް ބައެއް އެކުވެރިންނަށް ދައްކާލާފައެވެ. މި ފިލްމް ދައްކާލި ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ކާތިކް އާރުޔަން، އަންނަޔާ ޕަންޑޭ، ސާޖިދު ހާން، ސިދާތު މަލޯތުރާ، ޝަބާނާ އާޒްމީ، ވަރުން ދާވަން ހިމެނެއެވެ.

މި ދައްކާލުމާއި އެކު ފިލްމް ބެލި ތަރިން މިވަނީ ފިލްމަށް ތައުރީފުތައް އޮއްސާލާފައެވެ. ފިލްމުގެ ވާހަކަ ވަރަށް އަސަރު ގަދަކަމަށާއި ފިލްމުގަި ތާޕްސީ އާއި ބޫމީގެ އެކްޓީން ވަރަށް މޮޅުކަމަށް ފިލްމަށް ތައުރީފުކުރި ތަރިން ބުނެއެވެ.

ތުޝާރު ހިރަންދާނީ ޑައިރެކްޓްކުރާ މި ފިލްމް ސްކުރީންނަށް އަންނަ ތައްޔާރުވަމުންދާއިރު މި ފިލުމުގައި ދުވަސްވީ ދެމީހުންގެ ރޯލު ތާޕްސީއާއި ބޫމީ އަށް ދީފައިވާތީ ދުވަސްވީ ބައެއް ތަރިންވަނީ އެކަމަށް ފާޑުކިޔާފައެވެ.
ކޮންމެ އަކަސް ތާފްސީއާއި ފަންނޫ އާއި ބޫމީ ޕެޑްނޭކަރަށް މި ރޯލްތައް އަދާކުރެވުނީ ކިހާ މިންވަރަކަށް އެނގިގެންދަނީ އަންނަ ހުކުރު ދުވަހުއެވެ.