ދެކުނު އޭޝިއާގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ މުބާރާތުގެ ތިންވަނަ ދިވެހިރާއްޖެއިން ހޯދައިފިއެވެ.
މުބާރާތުގެ ތިންވަނަ ރާއްޖެއިން ހޯދީ މިއަދު ހެނދުނު ކުޅުނު ތިންވަނަ ހޯވާ މެޗުގައި މުބާރާތް ބާއްވާ ޤައުމުކަމަށްވާ ނޭޕާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗު ރާއްޖެއި ކާމިޔާބުކުރީ 35 ޕޮއިންޓް، 25 ޕޮއިންޓުންނެެވެ.
މި މެޗުގެ ފުރަތަމަ ކުއާޓަރ ރާއްޖެއިން ކާމިޔާބުކުރީ 5 ޕޮއިންޓްގެ ލީޑަކާއެކުއެވެ. އެއީ 10 ޕޮއިންޓް 5 ޕޮއިންޓުންނެވެ. މެޗުގެ ދެވަނަ ކުއާޓަރގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް 18 ޕޮއިންޓް 9 ޕޮއިންޓުން ދެވަނަ ކުއާޓާވެސް ކުރި ހޯދާފައެވެ. މެޗުގެ ތިންވަނަ ކުއާޓާ ރާއްޖެއިން ނިންމާލީ 27 ޕޮއިންޓް 20 ޕޮއިންޓުންނެވެ. އަދި ފަހު ކުއާޓަރ ރާއްޖެއިން ކާމިޔާބުކުރީ 10 ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 35 ޕޮއިންޓް 25 ޕޮއިންޓުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އައިޝަތު ނޫމީ ނާސިރެވެ.
ފުރަތަމަ ފަހަރަށް ބޭއްވި ދެކުނު އޭޝިއާގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ މުބާރާތުގައި ޖުމްލަ ފަސް ޤައުމު ވާދަކުރިއެވެ. މުބާރާތުގެ ލީގު ބުރުގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން އިންޑިއާ އާއި ލަންކާ އަތުން ބަލިވި ނަމަވެސް ނޭޕާލާއި ޕާކިސްތާން އަތުން މޮޅުވި އެވެ.
ސެމީ ފައިނަލުން ރާއްޖެ ޖާގަ ހޯދީ ލީގު ބުރުގެ ތިންވަނަ ޓީމްގެ ގޮތުގައެވެ. ސެމީ ފައިނަލްގައި އިންޑިޔާ އަތުން ރާއްޖެ ބަލިވީ 46 ޕޮއިންޓް 25 ޕޮއިންޓުންނެވެ.