ޚަބަރު

ހޯމް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ސަސްޕެންޑުކޮށްފި


ހޯމް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އިބްރާހިމް ޙަމީދު ސަސްޕެންޑު ކޮށްފިއެވެ.

އެނގިފައިވާގޮތުގައި އޭނާ ސަސްޕެންޑުކޮށްފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތުގައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއްވެސް ސިވިލް ސަރވިސް ކޮމިޝަނުން ބަލަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ހަމީދު ސަސްޕެންޝަންގައި ހުންނަތާ ދެ ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.