ޚަބަރު

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ހިންގަމުންދިޔަ އިމާރާތް މާދަމާއިން ފެށިގެން ބަދަލުކުރަނީ


މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ހިންގަމުންދިޔަ އިމާރާތް ކުރިން ފެންބިލްޑިންގ އޮފީސް ހުރި އިމާރާތައް ބަދަލު ކުރުމަށް ނިންމައިިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވީ މާދަމާއިން ފެށިގެން އެ މިނިސްޓްރީގެ އޮފީސް ހިންގަމުންދާނީ ފެންބިލްޑިންގ ހިންގި އިމާރާތުގެ 2 ވަނަ ފަންގިފިލާގައި ކަމަށެވެ. އެ މިނިސްޓްރީގެ ހިންގުން އެހެން އޮފީހަކަށް ބަދަލުކޮށްފައިވަނީ ޖާގައިގެ ދަތިކަން ދިމާވެގެންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އަދި އޮފީސް ޢިމާރާތް ބަދަލުވުމާއެކު އެ މިނިސްޓްރީއަށް ގުޅޭނެ ފޯން ނަންބަރުތައްވެސް ބަދަލުވާނެކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން މާދަމާއިން ފެށިގެން އެ މިނިސްޓްރީއަށް ގުޅޭނީ 3026966 އާއި 3026955 ނަންބަރަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަކީ 7311474 ކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.