ޚަބަރު

ކޮޅުވެއްޓިއަކުން ޖެހި ހުޅުމާލެ ނެރު ބައްތި ވެއްޓިއްޖެ


ހުޅުމާލެ ނެރުމައްޗަށް އެރި ކޮޅުވެއްޓިއަކުން ޖެހި ނެރު ބައްތި ވެއްޓިއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ނެރު މައްޗަށް ކޮޅުވެއްޓިއެއް އަރައިގެން އެކަން މިރޭ 20:24 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި އެހެންނަމަވެސް ކޮޅުވެއްޓިން ޖެހި ހުޅުމާލެ ނެރުބައްތި ވެއްޓިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ނެރުމައްޗަށް އެރި ކޮޅުވެއްޓި ފުންކުރެވިފައިވަނީ ގަޑިރެއްހާއިރު ފަހުންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ކޮޅުވެއްޓި ފުންކޮށްފައިވަނީ މެރިން ޕޮލިހާއި އެހެން ކޮޅުވެއްޓިއެއްގެ އެހީގައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.