ޚަބަރު

ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކުރަނީ


ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރު ޖޭއެސްސީއަށް ؛މިރޭވެސް ވަނީ ހާޒިރުކޮށްފައެވެ. އެ ފަނޑިޔާރުން ހާޒިރުކޮށްފައިވަނީ ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި ބަޔާން ނެގުމަށެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް އަދި ސާފެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ އިޚްތިސާސުން ބޭރުން އެކޯޓުން ނިންމާފައިވާ ނިންމުންތައް ނިންމުމުގައި ބައިވެރިވި ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖޭއެސްސީން ވަނީ ދާދި ފަހުން ނިންމާފައެވެ. އެ ކޮމިޝަނުން މި ގޮތަށް ނިންމާފައިވަނީ އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނުއަސާސީއާ ޚިލާފް ނިންމުންތަކާ ގުޅޭ ރިޕޯޓް"ގައި ހިމެނޭ މައްސަލަތަކެއްކަމަށް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ހިމެނޭހެން ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ޖޭއެސްސީންވަނީ ނިންމާފައެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ޖޭއެސްސީގެ ރައީސް އަދި ފަނޑިޔާރު ޢަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲގެ އިތުރުން ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ މައްސަލަވެސް ބެލުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެއިތުރުން ޖޭއެސްސީން ބެލި މައްސަލައެއްގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސުލޫކީ ފިޔަވަޅެއް އެޅުމުގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން ވަނީ ނިންމަވާފައެވެ.