ޚަބަރު

މާލޭ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ


މާލޭ ގެއެއްގެ ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮތް ޒުވާނާ ފެނުނީ ހ.އަންނާރުމާގެ އިންކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މީހަކު މަރުވެފައި އޮތްކަމުގެ މަޢޫލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:24ހާއިރުކަމަށާއި، އޭނާ މަރުވެފައި އޮތްކަން އެނގުނީ އޭނާ ނިދިފަހުން ޚަބަރެއް ނުވެގެން ޢާއިލާގެ ފަރާތުން ބެލުމުންކަމަށެވެ.

އެ ޒުވާނާ މަރުވެފައި އޮއްވާ ފެނުނު ގެއަކީ މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ އިސްމާޢިލް ހައިޝަމް ރަޝީދު ނިސްބަތްވާ ގެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ ހައިޝަމް ރަޝީދުގެ ބޭބެ، ޢުމުރުން 28 އަހަރުގެ ޙުސައިން ހިޝާމް ރަޝީދެވެ.