ސިއްހަތު

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތައް ރައީސްގެ އަނބިކަނބަލުން ބައްލަވާލައްވައިފި

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި މިއަދު ކުރިޔަށްގެންދާ ހަރަކާތްތައް ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ނަފްސާނީ ދުޅަހެޔޮކަމާބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ފެކަލްޓީގެ ދަރިވަރުން ބަހައްޓާފައިހުރި މައުލޫމާތު ދޭ ޑެސްކްތަކަށް ޒިޔާރަތްކުރައްވައި އެކަމަނާ ވަނީ މައުލޫމާތު ހޯއްދަވާފައެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ފެކަލްޓީ އޮފް ހެލްތް ސައިންސްސަސް އިން ކުރިޔަށްގެންދާ މި ހަރަކާތަކީ އެ ފެކަލްޓީގެ ޑިޕާޓްމަންޓް އޮފް ވެލްނަސްގެ މުވައްޒަފުންނާއި އެ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ކޯސްތަކުގެ ދަރިވަރުން އިސްނަގައިގެން ބާއްވާ ހަރަކާތްތަކެކެވެ.