ވިޔަފާރި

އެލައިޑުން "މޮޓޯ އެންޑް ހޯމް ކެމްޕެއިން" ފަށައިފި


އެލައިޑް އިންޝުއަރެންސާއި އެލައިޑް އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް ގުޅިގެން "މޮޓޯ އެންޑް ހޯމް ކެމްޕެއިން"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް އިފްތިތާހުކޮށްފިއެވެ.

އެލައިޑް މައި އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން މިކެމްޕެއިން އިފްތިތާހުކޮށްދެއްވީ އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް އަހުމަދު ޝާބިގްއެވެ.

އެލައިޑުން މަޢުލޫމާތުދޭ ގޮތުގައި މިކެމްޕެއިނަކީ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް އަދި ހޯމް ކޮންޓެންޓް ތަކާފުލް ޕްރޮމޯޓުކުރުމަށްޓަކައި 1 މަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މިކެމްޕެއިނެއްކަމަށެވެ. މިކެމްޕެއިންގެ ތެރެއިން މާލެ ސިޓީގެ އެކި ސަރަހައްދުގައި އައުޓްޑޯ ސްޓޭޝަންސް ގާއިމްކުރުމާއި، ޑޯ ޓު ޑޯ ކުރިޔަށްގެންދިޔުމުގެ އިތުރުން އެލައިޑާއި އެކުންފުނީގެ ޕޭރެންޓް ކުންފުނި އެސް.ޓީ.އޯ އަދި އެހެނިހެން ސަބްސިޑަރީ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެކަމަށް އެލައިޑުން ބުނެއެވެ.

އެލައިޑް އިންޝުއަރެންސުން މައުލޫމާތުދޭ ގޮތުގައި މިކެމްޕެއިންގެ ތެރެއިން ކަސްޓަމަރުންނަށް ހާއްސަ އިނާމްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއެރަންސް ކުންފުނީގެ ޖެނެރަލް މެނޭޖަރ ޝާބިގް ވިދާޅުވީ މިކެމްޕެއިން އަކީ ކުންފުނީގެ މޮޓޯ އަދި ހޯމް ޕްލޭންސްގެ ހިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ ފަސޭހައިން ޕޮލިސީ ނެގުމާއި މައުލޫމާތު ސާފުކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުގެ މަގުސަދުގައި ކުރިޔަށްގެންދާ ކެމްޕެއިނެކެވެ.