ވިޔަފާރި

ސިނަމަން ވެލިފުށި ރިސޯޓް ހުޅުވައިފި


ސްރީލަންކާގެ، ޖޯންކީލްސްގެ ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސްއިން ވ.އަތޮޅުގައި ތަރައްޤީކުރި ސިނަމަން ވެލިފުށި ރިސޯޓް ހުޅުވައިފިއެވެ.

ސިނަމަން ވެލިފުށި ރިސޯޓަކީ ސްރީލަންކާގެ، ޖޯންކީލްސްގެ ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ހުޅުވި 4 ވަނަ ރިސޯޓެވެ.

މިރިސޯޓަކީ ފަސް ކެޓަގަރީއަކުން 90 ކޮޓަރިއެއް ހިމެނޭ ރިސޯޓެކެވެ. އޭގެ ތެރޭގައި ސުއިޓްތަކާއި ވޯޓަރ ބަނގަލޯތަކާއި ވިލާތަކާއި ފެމިލީ އެކޮމޮޑޭޝަންތައް ހިމެނެއެވެ. މީގެ އިތުރުން މިރިސޯޓުގައި އިރުއަރާ އޮއްސޭ މަންޒަރު ފެންނަ ގޮތަކަށް ހަދާފައިވާ ރެސްޓޯރަންޓާއި، ސްޕޯޓްސް ބާއަކާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ވެލްނަސް ސެންޓަރެއްވެސް ހުރެއެވެ.

ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި 4 ވަނަ ރިސޯޓެއް ހުޅުވާފައިވާއިރު، ކުރިން ހުޅުވާފައިވާ ރިސޯޓްތަކަކީ ސިނަމަން ދޮންވެލި މޯލްޑިވްސް، ސިނަމަން ހަކުރާ ހުރާ އަދި އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަންއެވެ.

ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގެ އިތުރުން ސްރީލަންކާ ހިމެނޭ ގޮތަށް ޖުމްލަ 15 ރިސޯޓެއް އޮޕަރޭޓްކުރެއެވެ.