އިންޑިއާ މޯލްޑިވްސް ޓެސްޓް ސީރީޒް މ. އަތޮޅު މުލީގައި ފަށައިފި އެވެ.
ބުދަ ދުވަހުގެ ނިޔަލަށް މ. މުލީގައި ކުރިއަށްދާ ޓެސްޓް ސީރީޒްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ އިތުރުން އިންޑިއާގެ ސީނިއާ އަދި ޖޫނިއާ 4 ޓީމު ވާދަކުރެއެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ މި ސީރީޒް ބޭއްވުމުގެ މަޤްސަދަކީ އަންނަ އަހަރު ޑިސެމްބަރުމަހު ބާއްވާ އިންޓަރނޭޝަނަލް ކެރަމް ފެޑަރޭޝަން (އައިސީއެފް) ކަޕަށް ރާއްޖޭގެ ގައުމީ ޓީމު ތައްޔާރު ކުރުން ކަމަށެވެ. އަދި މި ސީރީޒަށްފަހު މިއަހަރު އަލަށް ފަށާ ކެރަމް ޕްރެޒިޑެންޓްސް ލީގު އޮންނާނެ ކަމަށާއި މި ލީގުވެސް ކުރިޔަށް ގެންދާނީ މ. މުލީގައި ކަމަށެވެ.
ކެރަމް ޕްރެޒިޑެންޓްސް ލީގުގައި އިންޑިއާ އާއި ރާއްޖޭގެ ކުޅުންތެރިންގެ އިތުރުން 2012 ވަނަ އަހަރުގެ ކެރަމް ވޯލްޑް ޗެމްޕިއަންކަން ހޯދި ލަންކާގެ ސީނިއާ ޓީމުގެ ފިރިހެން ކުޅުންތެރިޔަކާއި އަންހެން ޓީމުގެ ކުޅުންތެރިއެއްގެ އިތުރުން ޖޫނިއާ ޓީމުގެ ކުޅުންތެރިއަކު ބައިވެރިވާނެ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.
އިންޑިއާ މޯލްޑިވްސް ޓެސްޓް ސީރީޒް، ރާއްޖެގެ އިސްނެގުމުގެ މަތިން ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު އެވެ. އެފަހަރު ޓެސްޓް ސީރީޒް ކާމިޔާބުކުރީ އިންޑިއާ އިންނެވެ. އިންޑިއާއަކީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އެވެ. ރާއްޖެ އަކީ ދުނިޔޭގެ ތިންވަނަ އެވެ.