ޚަބަރު

ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަން، ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފި


މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިނގަމުންއަންނަ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަން، ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުކުރައްވައިފިއެވެ.

މިގޮތަށް ކަނޑައަޅުއްވާފައިވަނީ ރައިސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައިވާ ދިވެހިރާއްޖޭގެ ސަޤާފީ ތަރިކައިގެ ޤާނޫނުގެ ދަށުންނެވެ. މިޤަނޫނުގެ ދަށުން ރާއްޖޭގެ އެކި ސަރަޙާއްދުތަކުގައިހުރި އާސާރީ ތަކެއްޗާއި މައުނަވީ ތަރިކަ ހުރި ތަންތަން ބަލައި ދެނެގަނެ އެފަދަ ތަކެތި ރައްކާތެރިކުރުމަށް މަސައްކަތްކުރުމެވެ.

ރާއްޖޭގެ ސަޤާފީ ތަރިކަ ޙިމާޔަތްކުރުމަށްޓަކައި ވަކި ޚާއްސަ މިނިސްޓްރީއެއް އެކުލަވާލާ މިހާރު އަންނަނީ ވަރަށް ފުޅާދާއިރާއެއްގައި ތަރިކަ ޙިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރާއި ޢާއްމުން ގުޅިގެން ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން ސަރުކާރުގެ މިނިސްޓްރީތަކާއި މުވައްސަސާތަކުގެ ނަންތައް ދިވެހިކުރުމުގެ މަސައްކަތްކުރުމަށް މީގެކުރިންވަނީ ނިންމާފައެވެ.