އެކިއެކި ޓެކްސްގެ ގޮތުގައި ދައުލަތަށް މިހާތަނަށް 12 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ދައުލަތަށް މިއަހަރު އެކި އެކި ޓެކްސްގެ ގޮތުގައި 16.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، މިހާތަނަށް 12.15 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޓެކްސްގެ ގޮތުގައި 12.15 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއާއި ޓީޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީއާއި ޓީޖީއެސްޓީގެ ގޮތުގައި މިހާތަނަށް 5.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އިތުރު ބައެއް ޓެކްސްތަކަށް ބަލާލާއިރު ގްރީން ޓެކްސްގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 491 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ރެމިޓަންސް ޓެކްސްގެ ގޮތުގައި 73 މިލިއަން ރުފިޔާ ލިބިފައިވާއިރު، ރޯޔަލްޓީގެ ގޮތުގައި 70 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެކިއެކި ޓެކްސްއިން ދައުލަތަށް މިހާތަނަށް 12 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް މިހާތަނަށް ލިބިފައިވަނީ 3.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރޭގައި އެކިއެކި ފީއާއި ޗާޖުގެ ގޮތުގައި ލިބިފައިވާ ބިލިއަނެއްހާ ރުފިޔާއާއި ރިސޯޓްފަދަ ތަންތަނުގެ ކުލީގެ ގޮތުގައި ލިބިފައިވާ ބިލިއަނެއްހާ ރުފިޔާއާއި އިންޓްރެސްޓް އެންޑް ޑިވިޑެންޑްގެ ގޮތުގައި ލިބިފައިވާ 500 މިލިއަނެއްހާ ރުފިޔާ ހިމެނެއެވެ.
Royalties 70.9 80.1
Revenue Stamp 30.5 45.3
Green Tax 592.1 892.7
Airport Service Charge 491.7 705.6
Remittance Tax 73.2 10