ޚަބަރު

ޓެރަރިސްޓު ޖަމާޢަތްތައްކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރާ ޖަމާޢަތްތަކުގެ ލިސްޓެއް ހާމަކޮށްފި


ޓެރަރިސްޓު ޖަމާޢަތްތައްކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރާ ޖަމާޢަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާޢްމުކުރައްވައިފިއެވެ.

މިލިސްޓް ޢާއްމުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވަނީ އެކަން ހާމަކުރައްވާފައެވެ. ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ޓެރަރިޒަމް ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ލިސްޓް އެކުލަވާލާފައިވަނީ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ލަފާގެ މަތިންކަމަށެވެ. މިއަދު އާޢްމުކުރާ ލިސްޓަގައި 17 ޖަމާއަތެއްގެ ނަން ހިމަނުއްވާފައިވެއެވެ.

ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓު

  • އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
  • އަލް ޤައިދާ
  • ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
  • ލަޝްކަރޭ ޠައިބާ
  • އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
  • އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
  • އަބޫ ސައްޔާފް ގްރޫޕް
  • ބޮކޮ ހަރަމް / ބޯކޯ ހަރަމް
  • އަލް ޝަބާބް
  • އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  • ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
  • ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
  • ޖައިޝޭ މުޙައްމަދު
  • އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
  • ނޭޝަނަލް ތައުޙީދް ޖަމާޢަތް
  • ޖަމާޢަތު މިއްލަތޭ އިބްރާހީމް
  • ވިލާޔަތް އަލް ސޭލާނީ

މިއީ ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) 18ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓެވެ. މިލިސްޓު ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވެއެވެ.

ރައީސް ވިދާޅުވީ މިލިސްޓް ޢާއްމުކުރުުމުން ރާއްޖޭގެ އެކި ފަރާތްތަކުން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ހިންގާ ޓެރަރިސްޓު ޢަމަލުތައް ހުއްޓުވުމަށް ބާރަކަށް ވެގްނދާނެކަމަށެވެ. ޓެރަރިޒަމްގެ ޤާނޫނަށް މިހާރު ހުށައަޅާފައިވާ ބޮޑެތި އިސްލާހުތައް ފާސްވުމުން ދީނުގެ ނަމުގައި ހައްދު ފަހަނައާޅާ ގޮސް ޓެރަރިސްޓް އަމަލުތައް ހިންގާ ހިންގުން ހުއްޓުވުމަކަށް ގެނެވޭނެއެވެ.