ޚަބަރު

ޠާލިބާނުން ދިން ޙަމާލާއެއްގައި 48 މީހުން މަރުވެއްޖެ


އަފްޣާނިސްތާނުގައި ތާލިބާނުން ދިން ދެ ޙަމަލާއެއްގައި 48އަށް މީހުން މަރުވެއްޖެއެވެ.

މީގެ ތެރެއިން އެންމެ ނުރައްކާތެރި ޙަމަލާ ދީފައިވަނީ ރައީސް އަޝްރަފް ޣަނީގެ ކެމްޕޭނު ޙަރަކާތެއްގެ ކައިރީގައެވެ. އެހެންނަމަވެސް ރައީސް ޣަނީއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ޙަމަލާތައް ދީފައިވަނީ އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބު ފެށެން 10 ދުވަހަށްވެފައިވަނިކޮށެވެ. މި ޙަމަލާތައް ދީފައިވަނީ އިންތިޚާބު ހުއްޓުވާނެކަމުގެ އިންޒާރު ޠާލިބާނު ހަނގުރާމަވެރިން ދީފައިވާ ދަނޑިވަޅެއްގައެވެ. އަފްޣާނިސްތާނުގައި ވަރުގަދަ ޙަމަލާތަކެއް ދީފައިވަނީ އެމެރިކާއާއެކު ޠާލިބާނުން ކުރިއަށްގެންދަން ރޭވި މަޝްވަރާތައް ކުއްލިއަކަށް ހުއްޓާލައިފައިވަނިކޮށެވެ.