ޚަބަރު

ހުޒާންޓެއާއި ކުޑަކާއްޓެ ޕޮލިސް ކުލަބާއި ގުޅިއްޖެ


ދިވެހިރާއްޖޭގައި މިހާރު ތިބި އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިންކަމަށްވާ އަލީ ހުޒާމް (ހުޒާންޓެ)އާއި އިސްމާއިލް ސާޖިދު( ކުޑަކާއްޓެ) ޕޮލިސް ކުލަބާއި ގުޅިއްޖެއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ޤައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހުޒަންޓެއެވެ. އަދި 3ވަނައަށް އެންމެ މޮޅު ކުޅުންތެރިޔާ ހޯދާފައިވަނީ އިސްމާއިލް ސާޖިދެވެ. މި ދެ ކުޅުންތެރިން ޓީމާއި ގުޅުނުކަން ޕޮލިސް ޓީމުން އިޢުލާން ކުރީ އެ ޓީމުގެ ރަސްމީ ފޭސްބުކް ޕޭޖުގައެވެ.

އިންޑޯ ވޮލީބޯޅައާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކުޑަކާއްޓެވަނީ ޤައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ހުޒާންޓެވަނީ މިދިޔަ އަހަރު ޤައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.