ޚަބަރު

އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަންހެން ޤައުމީ ޓީޓީ ޓީމު ކަޓައިފި


އިންޑޮނީޝިޔާގައި ކުރިޔަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަންހެން ޤައުމީ ޓީޓީ ޓީމު ވާއްދަކޮށް، ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

މި މަހުގެ 22ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނުނީ ގުރޫޕު ބީގައެވެ. ދެން މި ގުރޫޕުގައި ހިމެނުނީ ސްރީ ލަންކާއާއި ސިންގަޕޫރެވެ. ގްރޫޕް ސްޓޭޖްގައި ރާއްޖޭއިން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ވާއްދަކޮށް، ރާއްޖެ ބަލިވީ 1-3ންނެވެ މި މެޗުގައި ރާއްޖެއަށް ލިބުނު ހަމައެކަނި ސެޓަކީ ފާޠިމަތު ދީމާ ޢަލީ ކާމިޔާބުކުރި ސެޓެވެ. އަދި ސިންގަޕޫރާއި ވާދަކޮށް ރާއްޖެވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ.

އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން މި ފަހަރު ބައިވެރިކޮށްފައިވަނީ އަންހެން ޤައުމީ ޓީޓީ ޓީމު އެކަންޏެވެ. އެ ޓީމުވަނީ މިދިޔަ ޖުލައި މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާއްދަކޮށް، ގިނަ ރަން މެޑަލްތަކެއް ހޯދާފައެވެ.