ޚަބަރު

ޖޭޕީގެ ތަރުޖަމާނަކަށް އަނޫޝް ހަމަ ޖައްސައިފި


ކުރީގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގެ ސިޔާސީ މަޤާމެއް ފުރުއްވި އަހްމަދު އަނޫޝް ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމަށް ހަމަ ޖައްސަވައިފިއެވެ.

އަނޫޝް ޖުމްހޫރީ ޕާޓީއާ ގުޅުމުގެކުރިން މަސައްކަތް ކުރެއްވީ ކުރީގެ ރައީސް މައުމޫނު ގެ ސިޔާސީ ޙަރަކާތް އެމްއާރުއެމްގައެވެ. ޖޭޕީގެ ސްޕޯކްސް ޕާސަންގެ މަގާމަށް އަނޫޝް އައްޔަން ކޮށްފައިވާއިރު އެ ޕާޓީގައި ޗީފް ސްޕޯކްސްޕާސަންގެ މަގާމުގައި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިހް ހުންނަވައެވެ. ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަކީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.

އަލީ ޞާލިހް ވިދާޅުވީ މިއާއެކު ދެމީހުންވެސް ޕާޓީގެ ތަރުޖަމާނުގެ ހައިސިއްޔަތުން މީޑީޔާތަކަށް ޖަވާބު ދެއްވަމުން ގެންދަވާނެ ކަމަށެވެ. ނަމަވެސް އަނޫޝް ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނޫޝްއަކީ ވަނީ 11 އަހަރު ވަންދެން މީޑިޔާގައި މަސައްކަތްކުރައްވާފައެވެ.