ވިޔަފާރި

ދިވެހި މޮޑެލްއަކަށް ފަރުމާކޮށްފައިވާ ސްޕީޑް ބޯޓެއް ބާޒާރަށް ނެރެފި


100 ޕަސަންޓް ދިވެހި މޮޑެލްއަކަށް ފަރުމާކޮށްފައިވާ ސްޕީޑް ބޯޓެއް ސްވެނިއަރ މެރިން ޕްރައިވެޓް ލިމިޑެޓުން ބާޒާރަށް ނެރެފިއެވެ.

ސްވެނިއަރ މެރިން ޕްރައިވެޓް ލިމިޓެޑުން ތިލަފުށީގައި ހިންގާ ބޯޓު ޔާޑު "ދިމާވަޑި" އިން ބަނދެފައިވާ މި ސްޕީޑް ބޯޓުގެ ފުރަތަމަ ބޯޓު މިހާރުވަނީ މޫދަށް ބާލާފައެވެ.

މިބޯޓުގެ ހުރިހާ މަސައްކަތެއް ރާއްޖޭގައި ކޮށްފައިވާއިރު މިބޯޓު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުތަކަށް ފަހި ލޯންޗެއްގެ ގޮތުގައި ކަމަށާއި، މިބްރޭންޑްގެ ލޯންޗްތައް ދިމާޑިޔާއިން ބަންނަނީ، ލޯންޗް ގަންނަ ކަސްޓަމަރުން ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައިކަމަށް ސްވެނިއަރ މެރިން ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

ބޯޓުގެ ޑިޒައިނަކީ ސްވެނިއާ މެރިން ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ ޑިޒައިނެކެވެ. 'ސްކެޑް" މަރުކާގެ މިބޯޓަކީ 39 ފޫޓު ދިގު 31 މީހުންގެ ޖާގައިގެ ލޯންޗެކެވެ. މިލޯންޗުގައި ބަހައްޓާފައިވާ ޕަސެންޖަރ ގޮނޑިތަކަކީ އެޖަސްޓްބްލް ގޮޑިތަކެއް ކަމަށްވެސް ސްވެނިއާމެރިން ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

ދިމާވަޑިޔާގެ ފަރާތުން މިބްރޭންޑްގެ 41 ފޫޓު ހުންނަ 35 މީހުންގެ ޖާގައިގެ ލޯންޗެއް މިމަހު ފަހުކޮޅު ބޭލުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އަދި މުސްތަގުބަލުގައި 49 ފޫޓުގެ 50 މީހުންގެ ޖާގައިގެ ލޯންޗްވެސް ބަނުމަށް ދިމާވަޑި އަންނަނީ ތައްޔާރުވަމުންނެވެ.