ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުއްވާލައްވައިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވާފައި މިވަނީ އެ ކޮމިޝަނުގެ ނާއިބް ރައީސް އަމްޖަދު މުސްތަފާގެ މެންބަރުކަމުގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހަމަވާތީއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ދައުރަކީ 5 އަހަރެވެ. އިލެކްޝަންސް ކޮމިޝަންގެ މައިގަނޑު މަސްއޫލިއްޔަތަކީ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމުގެ އިތުރުން މިނިވަންކަމާއިއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭތޯބެލުމެވެ.