ޚަބަރު

އެއްބަސްވުމަކާނުލާ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިނުވެވޭނެކަމަށް ނިންމައިފި


އެއްބަސްވުމެއް ޤާއިމުނުކޮށް ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުން މަނާކުރާ ބިލް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެޓް ދެވަނަ އެ ބިލް ތަސްދީޤުކުރައްވައިފިއެވެ.

ވޭތުވެދިޔަ ހަފުތާގައި އިނގިރޭސި މަޖިލީހުގެ މަތިގެއާއި ތިރިގެއިން އެ ބިލަށް ބަހުސްކޮށް ފާސްކޮށް ޤާނޫނަކަށް ހަދާފައި މިވަނީ އެ ބިލް އިނގިރޭސި ޤާނޫނުހަދާ މަޖިލީހުން ބޭރުކޮށްލުމުގެ މަސައްކަތް ހިނގަމުންދަނިކޮށެވެ. މިއަންނަ އޮކްޓޯބަރުމަހުގެ 17ވަނަ ދުވަހު އޮންނަ ޔޫރަޕްގެ ޤައުމުތަކުގެ ވެރިންގެ ކައުންލިސް ބައްދަލުވުމަށް ބޮރިސް ޖޯންސަން ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ވިލާތުގެ އިއްތިޙާދުގެ މެންބަރުކަން އިތުރުކުރަން އެދިގެންނެވެ.

އެއްބަސްވުމަކަށް ނާދެވޭނަމަ ވިލާތުގެ އިއްތިޙާދުގައި އިނގިރޭސިވިލާތުގެ މެންބަރުކަން ޖެނުއަރީމަހާ ހަމައަށް ދެމިއޮންނާނެއެވެ. މިހާރު އިނގިރޭސި މަޖިލީހުގައިވަނީ އެ ބިލް ޤާނޫނަކަށް ވެއްޖެކަމަށް އިޢުލާނުކޮށް އެންމެހާ ސިޔާސީ ވެރިންނަށް އެކަން އަންގާފައެވެ

ބޮޑުވަޒީރުކަން ލިބިވަޑައިގަތުމާއެކު ޖޯންސަން ވިދާޅުވެފައި ވަނީ އެއްބަސްވުމެއްގެ ދަށުންވިޔަސް ނުވަތަ ނުވަތަ ނޫންވިޔަސް އޮކްޓޯބަރު 31ގައި އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިކުރާނެކަމަށެވެ.