ކުޅިވަރު

ރާއްޖެއާއި ޗައިނާ ކުޅޭ މެޗް ބައްލަވާލެއްވުމަށް ރައީސް ދަނޑަށް ވަޑައިގަންނަވާނެ


ފީފާ ވަރލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ޗައިނާއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަޑައިގަންނަވާނެކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޙުލޫފް ވިދާޅުވީ، މިރޭ ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވަޑައިންނަވާނެކަމަށާއި، އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ އައު ޖާޒީ ރަސްމީކޮށް ލޯންޗް ކޮށްދެއްވާނެކަމަށެވެ.

ވަރލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ގުއާމް އަތުން އެކެއް ސުމަކުން ވަނީ މޮޅުވެފައެވެ. ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗުގެ ހުރިހާ ޓިކެޓެއްވެސް ވަނީ މިހާރު ވިކި ހުސްވެފައެވެ.

ފީފާ ވަރލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 8:00 ޖަހާއިރުއެވެ. މި މެޗު ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.