ކުޅިވަރު

3 އެކްސް 3 ފީބާ އޭޝިޔާ ކުއެސްޓް: ފިރިހެން ބައި އަޚަންޖީ ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޗައިނީސް ތައިޕޭ


3 އެކްސް 3 ފީބާ އޭޝިޔާ ކުއެސްޓްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މޮންގޯލިއާގެ އަޚަންގާއީ ހޯދިއިރު އަންހެން ބައިގެ ޗެމްޕިއަންކަން ޗައިނީސް ތައިޕޭގެ ތައިޕޭ ބެއާސް ހޯދައިފިއެވެ.

މޮންގޯލީޔާގެ އަޚަންގާއީ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ތުރުކްމިނިސްތާންގެ އަޝްގަބަތް އެކާވީސް ހަތާވީހުން ބަލިކޮށްގެންނެވެ. އަޝްގަބަތް ފައިނަލުން ޖާގަ ހޯދީ އިންޑިޔާގެ ޕަންޖާބް ސްޓީލާސް ބަލިކޮށްގެންނެވެ. އަދި އަޚަންގާއީ ފައިނަލުން ޖާގަ ހޯދީ ފިރިހެން ބައިގެ ތިންވަނަ ހޯދި މެލޭޝިޔާގެ ކުއަލަލްމްޕޫރު ޓައިގާސް ބަލިކޮށްގެންނެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ޗައިނީސް ތައިޕޭގެ ތައިޕޭ ބެއަރސް ހޯދީ ފައިނަލްގައި މޮންގޯލިޔާގެ އުލާންބާޓަރ އެމޭޒަންސް އަށާރަ ފަނަރައިން ބަލިކޮށްގެންނެވެ. އަންހެން ބައިގެ ތިންވަނަ ހޯދީ މެލޭޝިޔާގެ ކުއަލަލްމްޕޫރު ޓައިގާސްއެވެ. އަދި ހަތަރުވަނަ ހޯދީ ޗައިނާގެ ޓޮޕް ސްޓަރއެވެ.

މިފަހަރުގެ 3 އެކްސް 3 ފީބާ އޭޝިޔާ ކުއެސްޓްގައި 15 ޤައުމަކުން 28 ޓީމްވަނީ ވާދަކޮށްފައެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މޮންގޯލިޔާގެ އަޚާންގާއީ އަދި ޗައިނީސް ތައިޕޭގެ ތައިޕޭ ބެއަރސްވަނީ އަންނަ ސައުދީ އަރަބިއްޔާގައި އަންނަ ނޮވެމްބަރުމަހު އޮންނަ 3 އެކްސް 3 ފީބާ ވޯލްޑް ކުއެސްޓްއަށް ކޮލިފައިވެފައެވެ.