ޚަބަރު

ޗައިނާ، އަފްޣާނިސްތާން އަދި ޕާކިސްތާނުން އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމުކުރުމާގުޅޭ އެއްބަސްވުމަކަށް އަތުވެއްޖެ


ޗައިނާ، އަފްޣާނިސްތާން އަދި ޕާކިސްތާނުން އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމުކުރުމާގުޅޭ އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މި ބައްދަލުވުމަކީ ސަރަޙައްދީ އެއްބައިވަންތަކަމުގެ އައު ފެށުމެއްކަމަށް ޔީ ވިދާޅުވިއެވެ.

މި އެއްބަސްވުމާ ހަމަޔަށް އާދެވުނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިޔަށްދިޔަ އެ ޤައުމުތަކުގެ ޚާރިޖީވަޒީރުންގެ ބައްދަލުވުމެއްގައި ކުރެވުނު މަޝްވަރާތަކުގެ ސަބަބުންކަމަށް ޗައިނާގެ ޚާރިޖީވަޒީރު ވާންގް ޔީ ވިދާޅުވިއެވެ. މި ބައްދަލުވުމަށްފަހު ވާޙަކަދައްކަވަމުން ޗައިނާގެ ޚާރިޖީވަޒީރު ވާންގް ޔީ ވިދާޅުވީ ތިން ޤައުމުން ގުޅިގެން ކުރިޔަށްގެންދިޔަ މަޝްވަރާގެ ސަބަބުން އެދެވޭ ކުރިއެރުންތަކެއް ލިބުނުކަމަށެވެ.

އެގޮތުން، އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތައް ފާހަގަކޮށް އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ވާންގް ޔީ ވިދާޅުވިއެވެ. ޔީ ވިދާޅުވީ މަޝްވަރާތަކުގެ ސަބަބުން އަފްޣާނިސްތާނުގެ ސިޔާސީ ކަންކަން ހަރުދަނާކުރުމާއި، ސަރަޙައްދީ ފެންވަރުގައި ގުޅުން ވަރުގަދަކުރުމާއި އެއް ޤައުމުން އަނެއް ޤައުމަށް މުހިއްމު ތަރައްޤީގެ މަސައްކަތުގައި އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމަކަށް އާދެވުނުކަމަށެވެ.

މި އެއްބަސްވުމަކީ އުއްމީދީ އަދި ދާޚިލީ ކަންކަން އިތުރަށް ފުރިހަމަވާނެ އެއްބަސްވުމެއްގެގޮތުގައި އެ ޤައުމުތަކުން ސިފަކުރައްވާ ވާހަކަދެއްކެވިކަމަށް ވާންގް ޔީ ވިދާޅުވިއެވެ. ތިން ޤައުމުގެ ޚާރިޖީވަޒީރުންވެސް އަފްޣާނިސްތާނުގެ މިހާރުގެ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށް އިއްތިފާޤުވެވަޑައިގެންފައިވާކަން ފާހަގަކުރައްވާ ޔީ ވިދާޅުވީ، އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމުކުރަން ފުރުޞަތުދިނުމަށް އެ ޤައުމުން ބޭރުގެ ބާރުތައް ފައިބަންޖެހޭކަމަށް ހުރިހާ ޤައުމަކުންވެސް ބާރުއެޅުއްވިކަމަށެވެ.

މިއީ ޗައިނާ، ޕާކިސްތާން އަދި އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރުން އެއްތަނަކުން ބައްދަލުކުރައްވައި މިހާތަނަށް ކުރިޔަށް ނުގެންދާ ފެންވަރުގެ ސަރަޙައްދީ ބައްދަލުވުމެއްކަމަށް އޮބްޒާވަރުންވަނީ ސިފަކޮށްފައެވެ.