ކުޅިވަރު

ފީބާ އޭޝިޔާ ކުއެސްޓްގައި ރާއްޖޭގެ ހަތަރު ޓީމްވެސް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ


ފީބާ އޭޝިޔާ ކުއެސްޓްގައި ރާއްޖޭގެ ހަތަރު ޓީމްވެސް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

މުބާރާތުގައި ރާއްޖޭގެ ޓީމްތައް ވާދަކުރަނީ މާލޭގެ ހަތަރު އަވަށުގެ ނަމުގައެވެ. އެގޮތުން ފިރިހެން ބައިގައި މައްޗަންގޯޅި ކުޅުނު ފުރަތަމަ މެޗުން ބަލިވީ ކޮރެއާގެ އިންޖޭއާއި ވާދަކޮށް ބާވީސް ދިހަޔަކުންނެވެ. ރާއްޖެއިން ވާދަކުރި ފިރިހެން ދެވަނަ ޓީމްކަމަށްވާ ގަލޮޅު ބަލިވީ ޤަތަރުގެ ދޯހާއާއި ވާދަކޮށް އެކާވީސް ނުވަޔަކުންނެވެ.

އަންހެން ބައިގައި މާފަންނު ކުޅުނު ފުރަތަމަ މެޗުގައި ޗައިނާގެ ޓޮޕް ސްޓަރ އަތުން ބަލިވީ އެކާވީސް ހަތަރަކުންނެވެ. އަންހެން ބައިގައި ރާއްޖޭގެ ހެންވޭރު ނިކުތީ މޮންގޯލިޔާގެ އުލާންބާތަރު އެމޭޒަންސްއާއި ދެކޮޅަށެވެ. މި މެޗުން ރާއްޖެ ބަލިވީ އެކާވީސް ހަތަކުންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް މާދަމާ ނިމޭނެއެވެ. ގްރޫޕް ސްޖޭޖުގެ މެޗުތަކަށްފަހު ކުއާޓަރ ފައިނަލް މެޗުތަކާއި، ސެމީ ފައިނަލް އަދި ފައިނަލް މެޗުތައް އޮންނާނީ މިމަހު އަށްވަނަ ދުވަހުގައެވެ.