ޚަބަރު

އިންޑިއާގެ ގޭސް އުފައްދާ ކުންފުނީގެ ޢިމާރާތުގައި އަލިފާން ރޯވެ 4 މީހުން މަރުވެއްޖެ


އިންޑިއާގެ މުމްބާއީގެ ރަށްބޭރުގައި ހުންނަ އިންޑިއާގެ ތެލާއި ޤުދުރަތީ ގޭސް އުފައްދާ ކުންފުނީގެ ޢިމާރާތުގައި އަލިފާން ރޯވެ 4 މީހުން މަރުވެ 3 މީހުން ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ.

މަރުވި 3 މީހުން މަރުވެފައިވަނީ އެއްޗެއް ގޮވުމުގެ ސަބަބުންނެވެ. މަރުވި 3 މީހުންގެ ތެރޭގައި ހިމެނެނީ ސެންޓްރަލް އިންޑަސްޓްރީގެ ސަލާމަތީ ކަންކަން ބަލަހައްޓާ ދެ އޮފިޝަލުންނާއި އެތަނުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަލިފާން ރޯވީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުޅަނގު މަހާރާޝްތްރާގެ އުރާންގައި ހުރި ތެޔޮ ޕްލާންޓްގައިކަމަށާ ރޯވުމާއެކު ދެގަޑިއިރު ތެރޭގައި އަލިފާން ނިއްވާލެވުނުކަމަށެވެ. އަލިފާން ރޯވި ނަމަވެސް ތެޔޮ އުފެއްދުމަށް ހުއްޓުމެއް ނާންނަކަމަށާއި ލިބުނު ގެއްލުމުގެ މިންވަރު ބަލަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ ރިފައިނަރީތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ ދެބައިކުޅަ އެއްބައި ފޯރުކޮށްދެމުން އަންނަނީ އޯއެންޖީސީ ކުންފުނިންކަމަށް ޚަބަރު ލިބިފައިވެއެވެ.