ކުޅިވަރު

ޔޫތްލީގުގައި މާޒިޔާއިން ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ލީގު ތާވަލުގެ ކުރިޔަށް ޖެހިލައިފި


ޔޫތްލީގުގައި މާޒިޔާއިން ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ލީގު ތާވަލުގެ ކުރިޔަށް ޖެހިލައިފިއެވެ.

މުބާރާތުގައި ރޭ ވަނީ ދެމެޗު ކުޅެފަ. ފުރަތަމަ މެޗު ބީޖީ ސްޕޯޓްސް އެކަޑަމީ ވާދަކުރީ އީގްލްސް އެކަޑަމީއާ. މިމެޗު 1-0 ލަނޑުން ކާމިޔާބުކުރީ ބީޖީއެވެ. މިއީ ލީގުގައި ބީޖީ ވިދި ވިދިންގެ މޮޅުވި ދެވަނަ މެޗު އެޓީމުން ވަނީ ވިކްޓްރީ ސްޕޯޓްސް އެކަޑަމީ ބަލިކޮށްފައެވެ. ލީގުގައި ރޭ ކުޅުނު ފަހުމެޗު ވަރުގަދަ މާޒިޔާގެ އެކަޑަމީ ކާމިޔާބުކުރީ އަރލީ ޓަޗް ފުޓްބޯޅަ އެކަޑަމީއާ ވާދަކޮށް ތިނެއް ސުމަކުންނެވެ.

މިނަތީޖާ އެކު މާޒިޔާ ވަނީ ތާވަލްގެ އެއްވަނާގަވާ ހުޅުމާލެ ސްޕޯޓްސް ސުކޫލާ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. ދެޓީމަށް ނުވަ ޕޮއިންޓް ލިބިފަވާއިރު ހުޅުމާލެ ސްޕޯޓްސް ސުކޫލަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިންވަނާގަ އޮތީ ތިންމެޗުން ހަޕޮއިންޓް ހޯދައިގެން މޯލްޑިވިސް ސޮކަރ މޭޓްސްއެވެ. މިއަދަދަށް ޕޮއިންޓް ހޯދައިގެން ބީޖީ އޮތީ ހަތަރުވަނައިގައެވެ. އާލީޓަޗްފުޓްބޯޅަ އެކަޑަމީއާ އީގަލްސްއަށް ތިންމެޗުން ލިބުނީ ތިންޕޮއިންޓްއެވެ. ވިކްޓަރީ އަދި ހުޅުމާލެ ސްޕޯޓްސް އެކަޑަމީއަށް އަދި ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ލިބިފައެއްނުވެއެވެ.

އެފްއޭއެމް ދެ ނަންބަރު ޓާފްދަނޑުގައި ކުރިޔަށްދާ މި މުބާރާތަކީ ޓުވާޑްސް ފިއުޗާރ ޕްރޮޖެކްޓްގެ ދަށުން އެފްއޭއެމުން ކުރިޔަށްގެންދާ މުބާރާތެކެވެ. ލީގު އުސޫލުން ކުރިޔަށްދާ މުބާރާތުގައި ނުވަ އެކަޑަމީއެއް ވާދަކުރެއެެވެ.