ކުޅިވަރު

ޔޫރޯ ކޮލިފައިންގައި ކުޅޭ ސުކޮޑުން ރޮނާލްޑޯއާއި ފެލިކްސަށް ފުރުޞަތު ދީފި


ކުރިއަށް އޮތް ޔޫރޯ ކޮލިފައިންގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްގެ ސްކޮޑުން ކޮރިސްޓިއާނޯ ރޮނާލްޑޯއާއި ޖޮއާއޮ ފެލިކްސަށް ފުރުޞަތު ދީފިއެވެ.

ޕޯޗުގަލްގެ ކޯޗު ފެރްނާންދޯ ސަންތޯސް އެކުލަވާލި ސްކޮޑުން ރޮނާލްޑޯއަށް ފުރުޞަތު ދިނުމާއި ގުޅޭގޮތުން އޭނާ ބުނީ ރޮނާލްޑޯއަކީ އެހެން ކުޅުންތެރިންނާ ވާދަނުކުރެވޭވަރުގެ މޮޅު ކުޅުންތެރިއެއްކަމަށާއި އޭނާ ޓީމުގައި ހުންނަޖެހޭކަމަށެވެ. ފެލިކްސް ޓީމުގައި ހިމެނުން އޭއީ ސީދާ އޭނާގެ ނިންމުމެއްކަމަށް ސަންތޯސް ބުންޏެވެވެ. ފެލިކްސް ޓީމަށް ނެގީ ބެންފީކާއިން އެތްލިޓިކޯ މެޑްރިޑަށް އޭނާ ބަދަލުވި އަގަށް ބަލައިގެންނޫންކަމަށާއި އޭނާއަކީ ހުރިހާ ގޮތަކުން ތަފާތު ކުޅުންތެރިއެއްކަމަށް ސަންތޯސް ބުންޏެވެ. ޕޯޗުގަލް ކޮލިފައިންގައި ކުޅުނު ފުރަތަމަ 2 މެޗުން އެއްވަރުވެފާވާއިރު ޓީމުގެ އަމާޒަކީ ގުރޫޕްގެ 1ވަނަ ހޯދާ މުބާރާތަށް ކޮލިފައިވުންކަމަށް ކޯޗުވަނީ ބުނެފައެވެ.

ޕޯޗުގަލުން އަންނަ މަހު 7ވަނަ ދުވަހު ޔޫރޯ ކޮލިފައިންގައި ސަރބިޔާއާއި ދެކޮޅަށް ކުޅޭނެއެވެ. އޭގެ 3 ދުވަސް ފަހުން އެ ޓީމު ނުކުންނާނީ ލިތުއޭނިއާއި ދެކޮޅަށެވެ. ޕޯޗުގަލް ހިމެނެނީ ކޮލަފައިންގެ ގުރޫޕް ބީގައެވެ. އެންމެ ފަހުން ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް އޮތީ ގުރޫޕްގެ 4ވަނައިގައެވެ.