ހދ.ނޮޅިވަރަންފަރުން ފުރި ލޯންޗެއް ބަންޑުން ޖަހާލި ޙާދިސާގައި މަރުވި މީހުންގެ ޢަދަދު 5އަކަށް އަރައިފިއެވެ.
މި ލޯންޗުން ދަތުރުކުރީ ކުޑަކުއްޖަކާއި އިތުރު 8 މީހުންކަމަށް ނޮޅިވަރަންފަރު ކައުސިލުން މަޢުލޫމަތުދެއްވައެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެލޯންޗަކީ، ހދ.ނޮޅިވަރަންފަރުން ފުރައިގެން ހދ.ހަނިމާދުއަށް ދަތުރުކުރި ކުޑަ ލޯންޗެއް ކަމަށެވެ. މިލޯންޗުވަނީ ހަނިމާދޫއާ ދިމާ ބޭރުން ބަންޑުން ޖަހާލާފައިކަމަށާ، ލޯންޗުން ދަތުރުކުރި މީހުން އެމްއެންޑީއެފުގެ ޑިންގީއެއްގައި ހަނިމާދޫއަށް ގެންގޮސް ގެންގޮސްފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި ސަލާމަތްވި މީހުންނަށް ހަނިމާދޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުންދާކަމަށްވެސް އެމްއެނއްޑީއެފުން މަޢުލޫމާތުދެއްވައެވެ.